މާލެއާއި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު ހުރަސްކޮށް، ހިނގާފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކަމެއް ކަމުން އެ އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ސިނަމާލެ ބްރިޖު 30 އޯގަސްޓް 2018 ގައި އާންމުކޮށް ހުޅުވާލި ދުވަހުން ފެށިގެން ވެސް، ބްރިޖުގެ ވޯކްވޭ ބޭނުންކޮށްގެން ހިނގާފައި ނުވަތަ ދުވެފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދަތުރުކުރުމަކީ ރައްކާތެރިކަމުގެ ގޮތުން މަނާކޮށްފައިވާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ޖަހާފައިވާ ބެރިކޭޑުތައް ހުރަސްކޮށް، ބައެއް މީހުން އެ ސަރަހައްދުން ހިނގާފައި ދާކަން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މިގޮތަށް ގަވާއިދާ ޚިލާފަށް އަމަލުކުރުމަކީ ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވާ ބްރިޖާއި ހައިވޭގައި ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާއެއް ހިނގުމަށް މަގުފަހިވެދާނެ ކަމެކެވެ. އެހެންކަމުން، އާންމު ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ ސަރަހައްދުގައި މިހާރު ވަނީ "ހިނގާބިނގާވެ އުޅުން މަނާކަން" އަންގައިދޭ ޚާއްސަ ޓްރެފިކް ނިޝާންތަކާއި ބޯޑުތައް ހަރުކޮށްފައި ކަމަށް ފުލުހުން ހާމަކުރިއެވެ.
އަދި މީގެ ފަހުން، ސަލާމަތީ ގޮތުން ބަހައްޓާފައިވާ ބެރިކޭޑުތަކާއި މަނާކަން އަންގައިދޭ ނިޝާންތަކަށް ބެލުމެއްނެތި، ވޯކްވޭ ހުރަސްކުރާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އެހެންކަމުން، އެންމެހައި ރައްޔިތުން ވެސް އަމިއްލަ ސަލާމަތަށް އިސްކަންދީ، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު