ބިމަކީ ހުސްވާނެ ވަސީލަތެއްކަން ޢުމަރު ނަސީރަށް އަދި އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިމޭރުމުން ޢުމަރު ނަސީރަށް ރައްދު ދެއްވާފައި ވަނީ، ފްލެޓް ދިނުމަކީ ކަމުދާ ކަމެއް ނޫން ކަމަށާއި، ރައްޔިތުން ބޭނުންވަނީ ގޯތި ކަމަށް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ ޢުމަރު ނަސީރު ވިދާޅުވުމާ ގުޅިގެންނެވެ.
ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ޢުމަރު ވިދާޅުވީ، ފްލެޓް ދޫކުރުމުގެ ވިސްނުމަށް ތާއީދު ނުކުރާ ކަމަށާއި، އެ ޙަރަކާތުގެ ވިސްނުމަކީ ރައްޔިތުންނަށް ގޯތި ދޫކުރުން ކަމަށެވެ. ޢުމަރު ވިދާޅުވީ ފްލެޓަކީ ރައްޔިތުން ދަރަނިވެރި ކުރުވާ މަޅިއެއް ކަމަށާއި، ބިމުގެ ވިޔަފާރި ދަޢުލަތުން ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.
ޢުމަރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ، ބިމަކީ ހުސްވާނެ ވަޞީލަތެއްކަން ޢުމަރު ނަސީރަށް އަދި އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ފްލެޓަކީ ދަރަނީގެ މަޅިއެއް ކަމަށް ޢުމަރު ވިދާޅުވެފައިވާއިރު ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެޗްޑީސީން ބުނެފައިވަނީ، ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 8500 ރުފިޔާއަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާކަމަށެވެ. އަދި ފްލެޓްތައް އިމާރާތްކުރުމަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ ރައްޔިތުންގެ އަތުން ނަގާ ކުލިންކަމަށް ސުހައިލް ވިދާޅުވިއެވެ.
ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށް އެދި 2000 މީހުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.
ކުރީ ސަރުކާރުގައި ހިޔާ ހައުސިން ޔުނިޓެއްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 5600 ރުފިޔާއެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ ހިޔާ ފްލެޓްގެ އަގަކީ 7500 ރުފިޔާކަމަށެވެ. މީގެއިތުރަށް މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1000 ރުފިޔާ ނެގުމަށްވަނީ ހަމަޖެހިފައެވެ. ކުރީ ސަރުކާރުން ހެދި އަގު ކުޑަވީ ގޯސްކޮށް ހިސާބު ޖެހުމުން ކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.
ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާއިރު، އެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ ޑިސެމްބަރުމަހުން ފެށިގެންކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު