ރައްޔިތުންގެ މަޖިލީސް | ރަސް ފޮޓޯ: އަޙްމަދު ޝާހް
ރައްޔިތުންގެ މަޖިލީސް | ރަސް ފޮޓޯ: އަޙްމަދު ޝާހް
ފަޅު ރަށްރަށް ކުއްޔަށް ދިނުމާއި، ވަރުވާއަށް ލިޔެދިނުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. ބިލުގައި ވަނީ ކުއްޔަަށް ދޭ ރަށެއް ގިނަވެގެން 21 އަހަރު ދުވަހަށް ކުއްޔަށް ދެވޭނެ ކަމަށާއި ނަމަވެސް އެރަށުގައި ކުރާ އިންވެސްޓްމެންޓް 10 މިލިއަން ޑޮލަރަށް ވުރެ ބޮޑުނަމަ އެ އިންވެސްޓްމަންޓްގެ ކުޑަ ބޮޑުމިނަށް ބަލައި 35 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ.

މިބިލަކީ އިދާރީ ދާއިރާއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކިކޮށް ހެދުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް ހުށައަޅާފައިވާ ބިލެކެވެ. ނަމަވެސް އިދާރީ ދާއިރާތަކުގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ދޫކުރާ ރަށްތައް ދޫކުރާނީ ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކޮށްފައިވާ މިނިސްޓްރީން ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

އަދި ރިސޯޓު ހެދުމަށާއި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަޅު ރަށްރަށް ދޫކުރުމުގެ ބާރު ދީފައިވަނީ، އިގުތިޞާދީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ މިނިސްޓްރީ އަށެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތަކަށް ރަށެއް ކުއްޔަށްދޭނަމަ އެރަށެއް ކައުންސިލްގެ އިޚްތިޞާސުން ވަކިކުރުމަށްވެސް ބިލުގައި ވަނީ ހުށައަޅާފައެވެ. ނަމަވެސް އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރާނީ، އިޚްތިޞާސް ލިބިގެންވާ ކައުންސިލަކުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން