އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
ފަޅުރަށްރަށް ކުއްޔަށް ދިނުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލްގެ ނަންވެސް ނެތް ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ފަޅު ރަށްރަށް ކުއްޔަށް ދިނުމާއި، ވަރުވާއަށް ލިޔެދިނުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުންވަނީ ހުށައަޅާފައެވެ.

އެބިލްގެ ބަހުސްގައި މެންބަރު ވައްޑެ މިއަދު ވިދާޅުވީ، ސަރުކާރުން މިހާރު ބިލު ހުށައަޅުއްވާފައިވަނީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ އުސޫލުތަކާ ދިމާ އިދިކޮޅަށް ކަމަށެވެ. ބިލުގައި އަތޮޅުކައުންސިލްގެ ނަންވެސް ނެތްކަން ފާހަގަ ކުރަށްވަމުން ވައްޑެ ވިދާޅުވީ، މިފަދަ ތާކުންތާކު ނުޖެހޭ ބިލްތަކަށް ތާޢީދު ކުރެވެން ނެތް ކަމަށެވެ.

"މީގައި އަތޮޅު ކައުންސިލްގެ ނަން ވެސް ނެތް. އަދި ރަށުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށް ވެސް ބޭނުންއިރަކު އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅާފައި ބޭނުން އިރަކު އަތުލުމުގެ ބާރު ލިބޭގޮތަށް ބިލުގައި މި އޮތީ." ބިލްގެ ބަހުސްގައި ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، އަތޮޅު ކައުންސިލުގެ އިޚުތިޞާޞުގައި ހިމެނޭ ފަޅު ރަށެއްގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢެއް ހިންގައި، ނުވަތަ އެ ރަށް ކުއްޔަށް ދީ ނުވަތަ ވަރުވާއަށް ދެވޭނީ އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. ބިލުގައި ވަނީ ކުއްޔަަށް ދޭ ރަށެއް ގިނަވެގެން 21 އަހަރު ދުވަހަށް ކުއްޔަށް ދެވޭނެ ކަމަށާއި ނަމަވެސް އެރަށުގައި ކުރާ އިންވެސްޓްމެންޓް 10 މިލިއަން ޑޮލަރަށް ވުރެ ބޮޑުނަމަ އެ އިންވެސްޓްމަންޓްގެ ކުޑަ ބޮޑުމިނަށް ބަލައި 35 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން