މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛް އަހުމަދު އާހިދު ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އާހިދު އައްޔަން ކުރުމަށް ކޮމެޓީން ފާސްކޮށްފައިވަނީ، މިމަޤާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި 4 ބޭފުޅުންނާއި އިންޓަރވިއު ކުރުމަށްފަހުގައެވެ. މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އާހިދުގެ ނަން ފާސްކޮށްފައި ވާއިރު އާހިދަކީ ރަޢީސް ޞާލިޙް މަޖިލީހަށް ފޮނުއްވި ލިސްޓްގެ ދެވަނައިގައި ނަންއޮތް ފަރާތެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު 45 ވަނަ މާއްދާގައި، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢައްޔަނުކުރާ ފަރާތަކީ އުމުރުން 35 އަހަރުވެފައިވާ މީހަކަށް ވާން ޖެހެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އެ ޤާނޫނުގައި ވެއެވެ. ހަމައެހެންމެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް ޤާނޫނުގައި ވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ އެ މަގާމުން އިސްތިޢުފާ ދެއްވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން