ށ. ޅައިމަގު
ށ. ޅައިމަގު
ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި 3 މީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ށ. ޅައިމަގުގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނު ކުރި މައްސަލައެއް އިއްޔެ ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 3 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އިތުރަށް ބަލަމުން ގެންދާ ކަމަށާއި ކުއްޖާ ރަހީނުކޮށްގެން ގެންދިޔައީ އާދީއްތަ ދުވަހުގެ ރޭ ކުއްޖާ ދިރިއުޅޭ ގެ ކައިރިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ފެނުނުއިރު އޮތީ ހަތަރެސްފައި ބަނދެފައެވެ. އަދި ބޭރުފުށުން ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން