ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން ވިއްކުމާއި ކުއްޔަށް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށައެޅުއްވި އިސްލާޙުގައި ވަނީ، ކައުންސިލްތަކުން ބިންތައް ދޫކުރެވޭނީ އެ ރަށެއްގެ ލޭންޑްޔޫސް ޕްލޭންއާއި އެއްގޮތް ވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން އިގްތިސާދީ ބޭނުމަށް އެކަށައަޅައި ކަމާބެހޭ މިނިސްޓްރީތަކާ ނުވަތަ ދައުލަތުގެ އިދާރާތަކާއި ޙަވާލުކުރާ ބިމުން، ނުވަތަ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުން، ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރީގެ އުސޫލުން މުޢާމަލާތުކުރެވިދާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ކަމާބެހޭ މިނިސްޓްރީތަކާ ނުވަތަ ދައުލަތުގެ އިދާރާތަކާ ޙަވާލުކުރެވޭ ބިން ނުވަތަ ކައުންސިލުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ފަރާތްތަކުން ޤާނޫނުއަސާސީއާއި މި ޤާނޫނާ ޚިލާފުނުވާ ގޮތުގެމަތިން، ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވިދާނެ ކަމަށްވެސް ބިލުގައި ވެއެވެ.

މީގެ އިތުރުން ދެވަނަ ފަރާތަކުން ގަންނަ ނުވަތަ ކުއްޔަށް ހިފާ ބިމާއި އެބިމާ ގުޅިފައިވާ ހައްގުތައް އެ ފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތަށް އެ ފަރާތްތަަކަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން