ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ޕްރޮސިކިއުޓަރ ޖެނެރަލްއާއި އެކު ބޭއްވި ބައްދަލުކުރެއްވުމެއް.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ޕްރޮސިކިއުޓަރ ޖެނެރަލްއާއި އެކު ބޭއްވި ބައްދަލުކުރެއްވުމެއް.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މަތިކޮށްފައިވާ ކަންކަން ދައުލަތުގެ އިދާރާތަކުން ތަންފީޒުކުރޭތޯ ބެލުމަށް އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކުރި ފުރަތަމަ އޮޑިޓް މިއަދު ނިންމާލައިފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައިވަނީ، ކުޑަކުދިން ތިބޭ މަރުކަޒުތައް އޮޑިޓް ކުރުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން އެފަރާތަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

އެގޮތުން 15 އޮގަސްޓުގައި ފެށި ފުރަތަމަ އޮޑިޓް މިއަދު ނިމިފައިވާ ކަމަށާއި، މި އޮޑިޓް ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފިޔަވަތީގައި ކަމަށްވެސް އެ ބަޔާނުގައިވެއެވެ. މި އޮޑިޓް ކުރުމުގައި 6 މުވައްޒަފުން ޙަރަކާތްތެރިވެފައިވާ ކަމަށާއި، މިކަމާ ގުޅޭ ތަފްސީލްތައް ފަހުން ހާމަކުރާނެ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނުގައިވެއެވެ.



ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް އުފެއްދި ފަހުން މިހާތަނަށް 20 މައްސަލައެއް އެ އިދާރާއަށް ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން ހަ މައްސަލައަކީ އެ އޮފީހުގެ އިސް ނެގުމަށް ވަގުތުން ހައްލު ހޯދަން ޖެހޭ މައްސަލަތަކެވެ. ޤާނޫނު ބުނާގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ބެލެނީ 2019 ގެ ފަހުން ފެންމަތިވެފައިވާ މައްސަލަތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން