ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމުގެ މަޝްރޫޢުގެ ދަށުން 11 އަދި 12 ވަނަ ޓަވަރުގައި ކަރަންޓު ނުދެވި ހުރި ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މާދަމާ ކުރިޔަށް ގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6،720 ފުލެޓު ހިމެނޭ ޓަވަރުތަކުގެ ތެރެއިން ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ކަމަށާއި އެގޮތުން މިހާރު ވަނީ 5، 6، 7، 8، 11، 12، 13 އަދި 14 ވަނަ ޓަވަރަށް ކަރަންޓް ގުޅައިދީފައި ކަމަށެވެ. ނަމަވެސް 11 އަދި 12 ވަނަ ޓަވަރުގެ ބައެއް ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދެވިފައި ނުވާތީ އެ މަސައްކަތް މާދަމާ ކުރިއަށްދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ހަމަޖެހިފައިވާކަމަށެވެ. އަދި މި މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށްދާނެކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ފޯރުކޮށްދޭ ޓަވަރުން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ސްޓެލްކޯއިން އެސް.އެމް.އެސް އެއް ފޮނުވާނެކަމަށެވެ. އަދި އެސް.އެމް.އެސް ލިބުމުން ކަރަންޓު ލުމަށްޓަކައި ސްޓެލްކޯއާއެކު ސޮއިކޮށްފައިވާ ފަރާތްތަކުން ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު، އެޓަވަރަކަށް ދިއުމުން އެ ފްލެޓަކަށް ކަރަންޓު ދޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ މި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ލިބޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުންކަމަށެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް ކަރަންޓު ދޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެއެވެ.
ސްޓެލްކޯއިން ބުނީ ކޮންމެ ދުވަހަކުވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދޭނެ ދެ ޓަވަރު އެކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނެކަމަށެވެ.
ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަދިވެސް ގިނަ ފަރާތްތަކަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިނުވާކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު