ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ދާއިރާއަށް ދަތުރު ކުރައްވާނެ ލޯންޗު ކޮޅެއް ހަމަޖައްސަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިރިއުޅޭ ގެއާ އެންމެ ކައިރި ހިސާބެއްގައި އެ ބޭފުޅުންގެ ވެހިކަލްތައް ޕާކުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ހުށައަޅުއްވާފައެވެ.

ރާއީގެ ހުށައެޅުމަށް ފާޑު ވިދާޅުވަމުން ރީކޯ މޫސަ ވިދާޅުވީ، ބަރުލަމާނީ ނިޒާމު ފެށުމުގެ ކުރިން ކޮންމެ މެމްބަރަކަށް ދާއިރާއަށް ދަތުރު ކުރައްވާނެ ލޯންޗު ކޮޅެއްވެސް ހަމަޖައްސަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މާލޭ ފަޅުތެރެއިން 88 ލޯންޗް ބާއްވާނެ ޖާގަވެސް ހުސްކޮށް އެ ބޭފުޅުންނަށް ޚާއްސަ ކުރަން ފެންނަކަމަށް މޫސަ ވިދާޅުވިއެވެ.

"ހަމައެކަނި ޕާކިންޒޯނެއް އޮވެގެން ފުދޭނެހެން ހިޔެއްނުވޭ." ރީކޯ މޫސަ ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީއަށް ރާއީ ހުށައެޅުއްވީ މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މެމްބަރުންގެ ތެރެއިން ކާރު ގެންގުޅުއްވާ މެމްބަރުންނަށް އާންމު ރައްޔިތުންނެކޭ ވެސް އެއްފަދައިން އެކަަމަށް އަގެއް ނެގުމަށްފަހު ޕާކިން ސްލޮޓް ހަމަޖައްސައި ދިނުމަށެވެ.

ރާއީގެ ހުށައެޅުއްވުން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން އިއްޔެ ވަނީ ފާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން