ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (މ)
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (މ)
އދ.އާއްމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވައިފިއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތީ މިދިޔަ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ.



ނިއުޔޯކަށް ވަޑައިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދގެ 76 ވަނަ އާއްމު މަޖިލިސް އަންނަމަހުގެ 14 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުންދާއިރު، އެކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވާކަމަށެވެ. އަދި އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް މެމްބަރު ގައުމުތަކާއި އދ.ގެ ސެކްރެޓޭރިއަޓާއި ކަމާ ގުޅޭ އެހެން ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.



ނިއުޔޯކަށް ވަޑައިގަތުމުގެ ކުރިން ޝާހިދު ވަނީ ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެެ. އެދަތުރުފުޅުގައި ޝާހިދު ވަނީ ޖަޕާނުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައި، އދގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ އިތުރުން، އިންޑިއާއަށްވެސް ޝާހިދު ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން