ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް
ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ގޮތް ނޭނގޭ ޕެކޭޖެއް ލިބިގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފިއެވެ.

މި ޕެކޭޖް ލިބުމާ ގުޅިގެން އެ ވުޒާރާގެ އޮފީހުން މުވައްޒަފުން ހުސްކޮށް ސަލާމަތީ ޚިދުމަތްތަކުން މިހާރު ދަނީ އެ ވުޒާރާގައި ޙަރަކާތްތެރި ވަމުންނެވެ. މިކަމަކީ ގޮތް ނޭންގޭ ޕްކޭޖްތައް ލިބުމުން އަމަލުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ކުރެވޭ ކަމެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފުން ބުނީ، ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ރިޕޯޓް ކުރުމުން އެމްއެންޑީއެފް ބޮން ސްކޮޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި އޮފީސްތަކުން ގޮތް ނޭނގޭ ތަކެއްޗާ ހަވާލު ނުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން