ލީކުވި އޯޑިއޯތަކަކީ ފައިސާ ދީގެން އުފައްދާފައިވާ ތަކެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދޮންބިލެއް ހަލީމް ވިދާޅުވީ، ލީކުވެގެން އުޅޭކަމަށް ބުނާ އޯޑިއޯތަކަކީ ބަޔަކަށް ފައިސާދީގެން އުފައްދައިގެން އުޅޭ އޯޑިއޯތަކެއް ކަމަށެވެ. އަދި މީގެ ކުރިން ފަނޑިޔާރެއް ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯވެސް ލީކުވި ކަމަށާއި، ނަމަވެސް އެއީ އެ ފަނޑިޔާރުކަން ކަށަވަރު ވެފައި ނުވާކަމަށް ޙަލީމް ވިދާޅުވިއެވެ.
ޙަލީމް ވިދާޅުވީ، އިދިކޮޅުން މަސައްކަތް ކުރަނީ ނެތްކަންތައްތައް އުފައްދައިގެން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން ކަމަށާއި، ނަމަވެސް ފަނޑިޔާރެއްގެ މައްސަލައެއް އޮތްނަމަ ހުށައަޅަންޖެހޭ އިދާރާތައް ޤާނޫނުގައި ސާފުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"ބަޔަކަށް ލާރި ދީގެން އޯޑިއޯއެއް ނެރުނުކަމުގައި ވިޔަސް، މިއީ މި މަޖިލީހުގެ ނިޒާމާއި ގުޅުން ހުރި މައްސަލައެއް ނޫން." ދޮންބިލެއް ޙަލީމް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމިނަށް ހުކުމްކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ވަނީ ނިންމާފައެވެ.
އަދި އިދިކޮޅު ޕީޖީ ގްރޫޕްގެ މެންބަރުން މިއަދު ވަނީ އޯޑިއޯތަކުގެ މައްސަލާގައި ރައީސް އޮފީހަށްވެސް ވަޑައިގެންފައެވެ. އިދިކޮޅުން ބުނެފައިވަނީ ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، އަދި ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމް ބާތިލް ކުރަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު