ދިއްގަރު ގޮނޑުދޮށް ޙިމާޔަތްކުރުން | ފޮޓޯ: އެމްޓީސީސީ
ދިއްގަރު ގޮނޑުދޮށް ޙިމާޔަތްކުރުން | ފޮޓޯ: އެމްޓީސީސީ
މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫޢުގެ މަސައްކަތް މި މަހުގެ 28 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. ދިއްގަރު ބިން ހިއްކުމާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގަ އެވެ.

އެމްޓީސީސީން ބުނީ އެމަޝްރޫއަކީ 121.84 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން