މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މަރު ކޮމިޝަންގެ މެމްބަރުން ޙާޟިރުކުރި ބައްދަލުވުން ސިއްރުކޮށްފި އެވެ.

މަރު ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެ ކޮމިޝަންގެ މެންބަރުން މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރު ކުރީ މިއަދު މެންދުރުފަހު 1:30 އަށެވެ.

މިއަދު ކޮމިޓީގެ އެޖެންޑާގައި އޮތީ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާނުގެ މަރުގެ މައްސަލަ އާއި، ރ. މީދޫ ފެންފިޔާޒްގޭ މުހައްމަދު އަނަސް މަރާލި މައްސަލަ އާއި، ހ. ދޫހިމެރިގެ، ނަދާލް ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރުމެވެ.

މަރު ކޮމިޝަނުން ބަލާ ގިނަ މައްސަލަތަކަކީ މިހާރުވެސް ތަހުގީގު ކުރިއަށްދާ މައްސަލަ ތަކަކަށް ވާތީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ.

ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން