ޖޭއެސްސީގެ ބައްދަލު ވުމެއްގެ ތެރެއިން
ޖޭއެސްސީގެ ބައްދަލު ވުމެއްގެ ތެރެއިން
ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރަށްވަމުން ގެންދަވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަޝްވަރާތައް ގާނޫނީ ދާއިރާގެ ފަންނުވެރިންނާއެކު ރައީސް ޞާލިޙް ކުރަށްވަމުން ގެންދަވާ ކަމަށެވެ. އަދި މިދައުރު ނިމުމުގެ ކުރިން ޖޭއެސްސީ އަށް ބަދަލު ގެންނަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިއަދު ވިދާޅުވީ، ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ސަރުކާރުން ޤަބޫލު ކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީގެ ދެ އަހަރު ކުރިން އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން ފަނޑިޔާރުގެ އިސްލާހުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށާއި، ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް މިހާރު އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީ އިސްލާޙު ކުރުމަށް މި ސަރުކާރުން ވެފައިވާ ވަޢުދު ނުފުއްދާތީ ޤާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަށްވަމުންނެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ އެމްޑީޕީގެ ވަޢުދެކެވެ. އަދި އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއްވެސް މެއެވެ. ނަމަވެސް ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަތައް އެމްޑީޕީ އިސްވެ އޮވެ ވަނީ ބޭރުކޮށްލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޙިއްލަތު

03-Sep-2021

ހިތާމައާއި އެކު ދަންނަވަންޖެހެނީ ރައްޔރތުންގެ އިތުބާރެއްނެތޭ. ހަމަ ނެތީ. ކުރިންވެސް ކަންތައް ހިގަމުންދިއަ ބަިދައިން ކަންތައްދަނީ. އަތްބާނާ. ޢިންސާފެއްނުލިބޭ.


-3

ޙިއްލަތު

03-Sep-2021

ހިތާމައާއި އެކު ދަންނަވަންޖެހެނީ ރައްޔރތުންގެ އިތުބާރެއްނެތޭ. ހަމަ ނެތީ. ކުރިންވެސް ކަންތައް ހިގަމުންދިއަ ބަިދައިން ކަންތައްދަނީ. އަތްބާނާ. ޢިންސާފެއްނުލިބޭ.



ޓްރެންޑިން