އަނަސް އަބްދުއް ސައްތާރު (ވ) ރައީސް ޞާލިޙްގެ އަރިހުގައި
އަނަސް އަބްދުއް ސައްތާރު (ވ) ރައީސް ޞާލިޙްގެ އަރިހުގައި
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސަކަށް ޤާނޫނީ ވަކީލް އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު އިންތިޚާބު ކޮށްފިއެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަކީ އެމްޑީޕީގެ ކޮމިޓީތަކުން ނިންމާ ނިންމުންތައް ރިވިއު ކުރުމަށް ހުށައެޅުމަށް އޮންނަ ކޮމިޓީއެވެ. އެ ކޮމިޓީގެ ރައީސަކީ ޤާނޫނީ ވަކީލަކަށް ވާން ޖެހޭނެ ކަމަށް އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ވެއެވެ.

މިއަދު ބޭއްވި ބައްދަލުވުމައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި މިވަގުތު ހުންނެވި އަނަސް އެ މަޖިލީހުގެ ރައީސްއަކަށް އިންތިޚާބު ކޮށްފައިވަނީ ބައްދަލުވުމަށް ޙާޟިރުވި 7 މެންބަރުންގެ ތެރެއިން 6 މެންބަރުންގެ ވޯޓުންނެވެ.

ނުވަ މެންބަރުން ހިމެނޭ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހަށް މެންބަރުން ހޮވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ. މިބައްދަލުވުމުގައި ގައުމީ މަޖިލީހުގެ 124 މެންބަރަކު ބައިވެރިވެފައިވެ އެވެ. އިންތިޚާބުގައި އެންމެ ގިނަ ވޯޓުވެސް ލިބިވަޑައިގަތީ އަނަސް އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން