ވޮލްކަން ބޮޒްކިރް (ކ) އާއި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ވ)
ވޮލްކަން ބޮޒްކިރް (ކ) އާއި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ވ)
އދގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވޮލްކަން ބޮޒްކިރާއި، ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިޚާބީ ރައީސް އަބްދުﷲ ޝާހިދު އިއްޔެ ބައްދަލުކުރައްވައިފިއެވެ.

އދގެ މައި މަރުކަޒުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޢާއްމު މަޖިލީހުގެ 76 ދައުރުގެ ރިޔާސަތުގެ ޙައިސިއްޔަތުން އެމަނިކުފާނު ތަންފީޒު ކުރަށްވަން ބޭނުންފުޅުވާ އެޖެންޑާގެ މައުލޫމާތު، ބޮޒްކިރް އަށް އަރުވާފައެވެ. އަދި ބޮޒްކިރް ވަނީ މިނިސްޓަރ ޝާހިދަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އދ ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެ ވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ގެންދަވަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްފަރާތްތަކާ ބައްދަލު ކުރަށްވައި މަޝްވަރާތައް ބާއްވަވަމުންނެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި މިނިސްޓަރ ޝާހިދު ކާމިޔާބު ކުރެއްވީ 74 އިންސައްތަ ވޯޓު ކާމިޔާބު ކުރަށްވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން