މެއި ހައެއްގެ ޙަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ބަޔާން ނެގުމަށް ޕީޖީ އޮފީހާއި ފުލުހުންގެ ޓީމެއް އިނގިރޭސި ވިލާތަށް ދިއުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގަށް ދެއްވަންޖެހޭ ބަޔާން ދެއްވުމަށް ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށްކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ބުނެފައެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވެފައި މިވަނީ، މައްސަލައިގައި އެމަނިކުފާނުގެ ބަޔާނެއް މުހިއްމުކަމަށް ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނަރަލްވެސް ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެމަނިކުފާނުގެ ބަޔާނެއް ނެގޭ ގޮތް ވެފައެއް ނުވެއެވެ.
ރައީސް ނަޝީދު، މީގެ ކުރިން ވަނީ ބަސްފުޅަކަށްވެސް އަދި ބަޔާނަކަށްވެސް ދައްކަވަން އޮތީ، "ޖާނާއި ހިތާއި މޭ" ކަމަށް ވިދާޅުވެފައެވެ. އަދި "ހިތާއި މޭ ހިބައިން ލިޔެ ދިނީމާވެސް ނުވީނޫންތޯ" އޭ ވިދާޅުވެ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާ ފައެވެ.
ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލު، އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު މީގެކުރިން ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަޔާން ދެއްވާނީ މައްސަލައާ ގުޅޭ ލިޔުންތައް ލިބިވަޑައިގަތުމުން ކަމަށެވެ.
ނަމަވެސް ނާޒިމް އިއްޔެ ޕީޖީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ބޮމުގެ ހަމަލާއާ ގުޅޭގޮތުން ބަޔާންދެއްވުމަށް ރައީސް ނަޝީދު ހުންނެވީ ތައްޔާރަށްކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ދަޢުވާ އުފުލާފައިވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ. އަދުހަމްގެ މައްޗަށް 4 ދައުވާ ކޮށްފައިވާއިރު މުޖާޒްގެ މައްޗަށް 2 ދައުވާ ކޮށްފައިވެއެވެ. އަދި ތަހުމީންގެ މައްޗަށް 4 ދައުވާ ކޮށްފައިވާއިރު ހައިޝަމްގެ މައްޗަށް 3 ދައުވާ ކޮށްފައިވެއެވެ.
މީގެ ތެރެއިން އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެ 23 އަހަރުގެ ޖަލުހުކުމަކަށް އެއްބަސްވެފައެވެ. އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް މިވަގުތު ތަޙުޤީޤު ކުރުމަށް ބަންދު ކޮށްފައި ތިބީ ކ. މާލެ ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކު، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ 8:27 ހާއިރު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ.
އެ ޙަމަލާ އަށްފަހު އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު، އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އަދި މިވަގުތު ފަރުވާގެ ކަންކަމުގައި އެމަނިކުފާނު ހުންނެވީ އިނގިރޭސިިވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު