ކުރީގެ ފަނޑިޔާރުން ދެއްކި ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން މިއަދު ޢާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެޕާޓީގެ އަސާސްތައް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މައި އެއް ތަނބަކީ އިންސާފުވެރި ފަނޑިޔާރުގެއެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށެވެ. އޭގެ އިތުރުން ފަނޑިޔާރުގެތަކުން އަދުލު އިންސާފު ލިބޭނޭކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިއްބައިދިނުމަކީވެސް އެޕާޓީގެ އަސާސެއް ކަމަށް ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ، 4 ސެޕްޓެމްބަރ 2021 ވަނަ ދުވަހު، ކުރީގެ ބައެއް ފަނޑިޔާރުންނާއި އަދި ބައެއް ޤާނޫނީ ވަކީލުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދައްކާފައިހުރި ވާހަކަތަކަކީ އެޕާޓީން ނުހަނު ކަންބޮޑުވާ ވާހަކަތަކެއް ކަމަށެވެ. އަދި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީޢަތުގެ ކަންކަން ހިނގައި ދިޔަގޮތް ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން ސާފު ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
"އެ ޕްރެސް ކޮންފަރެންސްގައި ދެއްކި ވާހަކަތައް ރައްދުވި އެއިރުގެ އެހެން ފަނޑިޔާރުން ވަނީ އެވާހަކަތައް މީޑިޔާގައި ދޮގުކޮށްފައެވެ. އަދި އެ ވާހަކަތައް ރައްދުވި މިހާރު ފަނޑިޔާރުކަމުގެ މަޤާމުގައި ތިއްބެވި ފަނޑިޔާރުންވެސް ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ." އެމްޑީޕީން ޢާއްމުކޮށްފައިވާ ބަޔާނުގައި ވެއެވެ.
އޭގެއިތުރުން އެ ޕްރެސް ކޮންފަރެންސްގައި ވާހަކަދެއްކެވި ބައެއް ފަނޑިޔާރުންނަކީ އެބޭފުޅުންގެ ސުލޫކީ މައްސަލަތައް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސާބިތުވެ ފަނޑިޔާރުކަމުން ވަކިކުރުމަށް އެކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ފޮނުވުމުން މަޤާމުން އިސްތިއުފާ ދެއްވާފައި ތިއްބެވި ބޭފުޅުން ކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
"މިޕާޓީން ދެކޭ ގޮތުގައި އިސްވެ ދެންނެވި ޕްރެސް ކޮންފަރެންސްގެ ހަމައެކަނި މަޤްޞަދަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ޝަރީޢަތަކީ އިތުބާރު ހިފޭ ގޮތަށް ހިންގާފައިވާ ޝަރީޢަތެއް ނޫންކަން ރައްޔިތުންނަށް ދެއްކުމަށް މަސައްކަތްކުރުމެވެ. އަދި މަތީ މަރުހަލާގެ ކޯޓުތަކަށް ކަމުގެ ޙަޤީޤަތް އޮޅުވާލައި އެކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ސަރުކާރުން ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ޢަމަލެއް ހިންގަވާފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި ސަރުކާރުގެ އިސް ފަރާތަކާއި ފަނޑިޔާރުންތަކަކާ ދެމެދު ދެކެވިފައިހުރި ވާހަކަތަކެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އޯޑިޔޯތަކެއްގެ މައްސަލައިގައި ހިމެނޭ ކަމަށް ޝައްކު ކުރެވޭ ފަނޑިޔާރުންގެ މައްސަލައިގެ ތަޙްޤީޤު އަންނަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރަމުން ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އަދި އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއްގެ ފޮރެންސިކް ތަޙްޤީޤު ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާކަންވެސް އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.
އެމްޑިޕީން އެދެނީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ ޖިނާއީ ތަޙްޤީޤު އިތުބާރު ހިފޭނޭ ގޮތަށް އަދި ހަލުވިކަމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގައި ނިންމުމަށް ކަމަށާއި، ޝަރީޢަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން ހިންގާ ދަށުދަރަޖައިގެ ޢަމަލުތަކަކީ އެޕާޓީން ޓޮލަރޭޓް ކުރާނޭ ޢަމަލުތަކެއް ނޫންކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު