ނަފްރަތުގެ ޢަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލްއުޤޫބާތަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު ކުރިއަށް ގެންދެވި މަޝްވަރާތައް ނިންމަވާލައްވައިފިއެވެ.
ބަންޑާރަނާއިބުގެ އޮފީހުން މިރޭ ބުނީ، ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިޞްލާޙު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ބިލަށް ގެންނެވުމަށް ފާސްކުރައްވާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބަންޑާރަ ނައިބު ބޭއްވެވި ސިލްސިލާ ބައްދަލުވުންތައް މިއަދު ނިންމަވާލައްވާފައިވާ ކަމަށެވެ.
އެގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ބިލަށް ކޮމިޓީން ގެންނަވާފައިވާ އިޞްލާޙުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހެޅިދާނެ އިޞްލާޙުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ އެކީ ބަންޑާރަނާއިބު މަޝްވަރާ ކުރަށްވާފައި ވާކަން އެއޮފީހުން ވަނީ ބުނެފައެވެ. އަދި މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނު އިޞްލާޙުތައް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ޙިއްޞާކޮށްފައި ކަމަށް ވެސް އެއޮފީހުން ބުނެފައި ވެއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ސަރުކާރުން ހުށަހެޅި ބިލާގުޅިގެން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެއައި ގުޅިގެން ސަރުކާރުން ނިންމާފައިވަނީ އާންމުންނާއި ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުންތަކާއެކު ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އެ ބިލު އަލުން އިސްލާހު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު