ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް ކުރާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ގެންގޮސްފިއެވެ.
ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލާގަ އެވެ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ވަނީ އެ ދައުވާކޮށްފައެވެ.
މާލޭގެ މަޖީދީ މަގާއި އިން ވެގެން އޮންނަ ޒިކުރާ މިސްކިތުގެ 7،000 އަކަފޫޓުގެ ބިން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީ ކުރުމަށް އެސްޖޭ އާއި އިސްލާމިކް މިނިސްޓްރީ އާ ދެމެދު، ހަދާފައިވާ އެއްބަސްވުމުގައި ސޮއި ކުރީ ޖުލައި 9، 2018 ގައެވެ. އަދި އާ ވެރިކަމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި އެ އެއްބަސްވުން ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން އޭޖީގެ ލަފަޔަކަށް އެދުނީ ޑިސެންބަރު 23، 2018 ގަ އެވެ.
މި މައްސަލާގައި ޑރ އަހުމަދު ޒިޔާދު އާއި، އިިބްރާހިމް އަބްދުﷲ ސައީދުގެ ގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ 27 ވަނަ ދުވަހުއެވެ. މި މައްސަލާގައި ޑރ. ޒިޔާދުވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ. މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނެގުމަށްޓަކައި ބޭއްވި އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި ދެފަރާތުން ވަނީ އިފްތިތާހީ ބަޔާން ހުށައަޅާފައެވެ.
އެއަށްފަހު ކުރިއަށް ދިޔައީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މި މައްސަލާގައި ދަޢުލަތުން 4 މީހެއް ހެކިންގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ޒިޔާދުގެ ސޮއިގެ ތަހުލީލު ރިޕޯޓު އެކުލަވައިލި ފުލުސް އޮފިސަރާއި އިސްލާމިކް މިނިސްޓްރީގައި މަސައްކަތްކުރި ތިން މުވައްޒަފުން ހިމެނެއެވެ. އޭގެ ތެރެއިން 3 މީހެއްގެ ބަޔާން މިއަދު ވަނީ ނަގާފައެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އެއް މުވައްޒަފަކު ހެކިބަސް ދިނުމަށް ބޭނުން ނޫންކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ، މައްސަލަ ބައްލަވާ ޤާޟީ މުޙައްމަދު މިޞްބާޙު ނިންމަވާފައިވަނީ ދެން އަންނަ ޝަރީޢަތުގެ އަޑުއެހުމުގައި އޭނާގެ ބަޔާން ނެގުމަށެވެ.
ނަމަވެސް ޑރ. ޒިޔާދުގެ ވަކީލް ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. ޒިޔާދުގެ ވަކީލް ނޫރުއްސަލާމް މިއަދު ވިދާޅުވީ، ހެކިބަހަކީ އަމިއްލަ އިޚްތިޔާރުގައި ދިނުމަށް އޮންނަ އެއްޗަކަށް ވާއިރު، އެއްވެސް މީހެއްގެ މައްޗަށް ހެކިބަސް ދިނުން މަޖުބޫރު ކޮށްގެން ނުވާނެ ކަމަށެވެ.
ދަޢުލަތުން ޑރ.ޒިޔާދުގެ މައްޗަށް ކުރާ ދަޢުވާއަކީ، ޑރ. އަޙްމަދު ޒިޔާދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާތީއާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނަޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މި ކުށް ސާބިތުވެއްޖެނަމަ ޒިޔާދުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވޭނެއެވެ.
ޕީޖީ އޮފީހުން ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށްވެސް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މި ކުށް ސާބިތުވެއްޖެނަމަ އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށްވެސް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕީޖީ އޮފީހުން ބުނީ މި މުޢާމަލާތާ ގުޅިގެން، މިމުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީ އާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެމައްސަލައިގައި ހިމެނޭ އެބައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް އޭސީސީއަށް ލަފާދީފައިވާ ކަމަށެވެ.
އަދި، މިމައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިނުވާ މަޢުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ މިކަން ވެފައިވާގޮތް އިތުރަށް ތަޙްޤީޤްކޮށް، މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށްވެސް އޭސީސީއަށް ލަފާދީފައިވާކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް 2018 ވަނަ އަހަރު ކޮންޓްރެކްޓަރާއިއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.
ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ރައީސް ޔާމީންގެ ސަރުކާރުން ޙަވާލުކުރި އެގްރީމެންޓް، ރައީސް ޞާލިޙްގެ ސަރުކާރުން އުވާލި މައްސަލާގައި އެސްޖޭ އިން ބަދަލު ހޯދުމަށް ދަޢުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އެސްޖޭއިން އަމަލުކޮށްފައި ނުވާކަން އެނގޭ ކަމަށާއި އެހެންކަމުން އެއްބަސްވުން އުވާލުމުގެ ނޯޓިސް ފޮނުވީ ގާނޫނާ ހިލާފަށް ކަމުގައި ކަނޑަ ނޭޅޭނެ ކަމަށެވެ. އަދި އެސްޖޭ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ 111 މިލިއަން ރުފިޔާ ނަގައިދެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު