ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނާމެދު އިހުމާލުވަމުންދާ ކަމަށްބުނެ އެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. މި މައްސަލަ ހުށައަޅުއްވަމުން ޒަރީރު ވިދާޅުވީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް އަލިފާނުގެ ހާދިސާތައް ހިނގަމުންދާ ކަމަށާއި، އަދި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފިލައިގެންދާ ކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަަށެވެ. ދާދިފަހުން ހުޅުމާލޭ ފިޔަވަތިން ހަ ކުއްޖަކު ވަނީ ފިލާފައެވެ. ނަމަވެސް ފަހުން އެކުދިން ވަނީ ހޯދާފައެވެ.
އޭގެ އިތުރުން ހުޅުމާލޭގައި ކުޑަކުދިން ބަލަަހައްޓަން ހަދާފައި ހުންނަ ފިޔަވަތީގައީ ރޭ ދަންވަރު ކުޑަކުދިންތަކެއް ރޯ އަޑުއިވިގެން ރައްޔިތުން އެ ހިސާބަށް އެއްވި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށާއި އެހެންކަމުން އެމައްސަލަ ބަލައިދިނުމަށްވެސް މެންބަރު ޒަރީރު ވަނީ އެދިވަޑައިގެންފައެވެ. އެކަމާގުޅިގެން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ ބަލަން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ފިޔަވަތީގައި ތިބި ކުދިންތަކަކަށް އެތަނުގެ މުވައްޒަފުން އަނިޔާކުރާތީ ރޭގެ ވަގުތެއްގައި ޢާއްމުންގެ ބަޔަކު އެ ސަރަޙައްދަށް އެއްވެފައިވާ ކަމަށް ބުނާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެކަމާގުޅިގެން ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ފިޔަވަތީގެ ފާރުމައްޗަށް ބަޔަކު އެރިކަމުގެ މަޢުލޫމާތު ރޭ ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެސަރަޙައްދަށް ފުލުހުން ގޮސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް ފުލުހުން އެ ސަރަޙައްދަށް ދިޔައިރު އެތަނުގައި އެއްވެސް ބަޔަކު ނެތް ކަމަށާއި، އަދި އެތަނުގައި ތިބޭ ކުދިންނަށް ފިޔަވަތީގެ މުވައްޒަފުން އަނިޔާކުރި ކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު