މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށައެޅުއްވި މި މައްސަލައަކީ މީހުންނަށް ދިރި ނޫޅެވޭވަރުގެ ކުދިކުދި ބިންކޮޅުތަކާއި ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހުތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ދޭނެ ކަމަަށް މި ސަރުކާރުން ވައުދުވެފައިވީ ނަމަވެސް އެ ވައުދު ނުފުއްދާތީ ހުށައެޅުއްވި މައްސަލައެކެވެ.
މައްސަލައިގައި ބޮންޑޭ ވިދާޅުވެފައި ވަނީ، މިއީ 2018 ގެ އެމްޑީޕީގެ މެނިފެސްޓޯ އާއި، ސަރުކާރުގެ އެސްއޭޕީގައި ހިމެނޭ ކަމެއް ކަމަށާއި، މާލޭގެ އާބާދީ ތޮއްޖެހުމުގެ މައްސަލަތަކަށް ހައްލެއް ހޯދާދޭނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވައުދުވެވަޑައިގެންފައިވާ ގޮތަށް އެ ވައުދު ފުއްދުމަށް ގޮވާލައްވާ ކަމަށެވެ.
އޭގެ އިތުރުން މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، ޢިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ ޢާއިލާތަކަށް ލުއިފަސޭހަކޮށް ގެދޮރު އިމާރާތްކުރެވޭނެ މަގު ހޯދައިދިނުމަށާއި ގެދޮރު ފޯރުކޮށްދިނުމުގައި އެކަނިވެރި މައިންނަށް އިސްކަންދިނުމަށް ވެފައިވާ ވައުދު ފުއްދުމަށް ބޮންޑޭ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
މި މައްސަލަ ބަލައިގަތުމާމެދު މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަކަމަށް ވެސް މެންބަރަކު ވޯޓު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު