ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ރ. އަލިފުށީގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އަލިފުށީގައި އަޅަން ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލާއި، އެ މަސައްކަތް ފެށޭނެ ތާރީހާއި ގުޅޭގޮތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) މިއަދު ވަނީ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

މެމްބަރުގެ ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރ ވިދާޅުވެފައިވަނީ މިހާރު އެ ހޮސްޕިޓަލުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ވަނީ ނިމިފައި ކަމަށެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރާއެކު ޖޫން މަހު ސޮއިކޮށްފައިވާކަންވެސް މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން މިނިސްޓަރ ނަސީމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ދެފަރާތުގެ ދެމެދުގައި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ މި ހޮސްޕިޓަލް މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރގައި ފަށަން ރާވާފައިވާ ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދަނީ އަލިފުށި ދާއިރާގެ މެމްބަރާއި މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން