ނޮޅިވަރަމް ދާއިރާގެ ރަށްތަކުގެ ސިއްޙީ ޙާލަތު އިންތިހާއަށް ގޯސްވެފައިވާތީ އެދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ކަންބޮޑުވުންތައް މަޖިލީހުގެ ތަޅުމަށް އޮއްސާލައިފިއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މެންބަރު މޮސްޓާވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ނޮޅިވަރަމް ދާއިރާގެ ރަށްތަކުގެ ސިއްޙީ ޙާލަތު ބަޔާންކޮށް މައްސަލައެއް ހުށައަޅުއްވާފައެވެ. މޮސްޓާ ވިދާޅުވީ ނޮޅިވަރަމް އޮތީ ސިއްހީ ގޮތުން ބޮޑު ކާރިސާއަކާ ކުރިމަތިވެދާނެ ފަދަ ހާލަތެއްގައި ކަމަށެވެ.
އަދި ހދ. ނޮޅިވަރަމްގައި ކޮވިޑް-19 ގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، އެގޮތުން މިހާތަނަށް 202 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ރަށުގައި ބަލި މީހުން އުފުލާނެ އެމްބިއުލާންސެއް ނެތް ކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ. މޮސްޓާ ވިދާޅުވީ 2700 މީހުން ދިރިއުޅޭ ނޮޅިވަރަމުގައި ބަލި މީހުން އުފުލަން ޖެހެނީ ދެ ޓަނުގެ ޕިކަޕަކަށް އަރުވައިގެން ކަމަށެވެ. އެހެންކަމުން އެކަން ވީހާވެސް އަވަހަށް ޙައްލުކޮށްދެއްވުމަށް މޮސްޓާ ވަނީ ގޮވާލައްވާފައެވެ.
އޭގެ އިތުރުން އެރަށުގައި ޤާއިމްކޮށްފައިވާ އެސްޓީއޯ ފާމަސީން ދާއިރާއަށް ބޭނުންވާ ބޭސް އެންމެ ރަނގަޅަށް ނުލިބޭ ކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ. ނޮޅިވަރަމް ދާއިރާގެ ދެރަށުގައި ކޯވިޑް-19 ފެތުރެމުންދާތީ ދާއިރާގެ ރަށްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޞިއްޙީ ދާއިރާއަށް ބޭނުންވާ ސާމާނާއި އެ ދާއިރާގެ ޤާބިލު މީހުން ފޮނުވައިދިނުމަށް މޮސްޓާ ވަނީ ގޮވާލައްވާފައެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 32 މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު