ށ. ޅައިމަގު
ށ. ޅައިމަގު
ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި އެވެ.

ށ. ޅައިމަގުގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނު ކުރި މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ އޯގަސްޓްމަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ، 26 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި، 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމީހުންގެ މުއްދަތު ޖެހުމަށް ކޯޓަށް ޙާޟިރު ކުރުމުން އޭގެތެރެއިން އެކަކު ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ރަހީނުކޮށްގެން ގެންދިޔައީ ކުއްޖާ ދިރިއުޅޭ ގެ ކައިރިންނެވެ. އެކުއްޖާ ފެނުނުއިރު އޮތީ ހަތަރެސްފައި ބަނދެފައެވެ. އަދި ބޭރުފުށުން ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން