ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ހަމަލާގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން އެމައްސަލާގައި މިއަދު ދައުވާ އުފުލާފައިވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް ގެ އިތުރުން މ. ކުދެހިގެ، އިސްހާގު ގެ މައްޗަށެވެ.
މި މައްސަލައިގައި ފަހުމީ އަލީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އަދި މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 07 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
އޭގެ އިތުރުން، މ. ކުދެހިގެ، އިސްހާގުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ދަށުން 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެޤާނޫނުގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 07 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާގެ އިތުރުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން މީގެ ކުރިން ދަޢުވާ އުފުލާފައިވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ. އަދުހަމްގެ މައްޗަށް 4 ދައުވާ ކޮށްފައިވާއިރު މުޖާޒްގެ މައްޗަށް 2 ދައުވާ ކޮށްފައިވެއެވެ. އަދި ތަހުމީންގެ މައްޗަށް 4 ދައުވާ ކޮށްފައިވާއިރު ހައިޝަމްގެ މައްޗަށް 3 ދައުވާ ކޮށްފައިވެއެވެ.
މީގެ ތެރެއިން އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެ 23 އަހަރުގެ ޖަލުހުކުމަކަށް އެއްބަސްވެފައެވެ. އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަޙުޤީގަށް މިވަގުތު ބަންދު ކޮށްފައި ތިބީ ހއ. މުޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކާއި، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ 8:27 ހާއިރު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ.
އެ ޙަމަލާ އަށްފަހު އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު، އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އަދި މިވަގުތު ފަރުވާގެ ކަންކަމުގައި އެމަނިކުފާނު ހުންނެވީ އިނގިރޭސިިވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު