3 ޤައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
މިއަދު ސަފީރުކަމުގެ ފަތްކޮޅު ޙަވާލު ކުރަށްވާފައިވަނީ، މޮރިޝަސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން ރެޒިޑެންޓް ސަފީރު ހަރ އެކްސެލެންސީ ސާންތީ ބާއީ ހަނޫމާންޖީ އާއި، ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ އަންޑުރޭޒް ލެސްޒްލޯ ކިރަލީ އާއި، އާޖެންޓީނާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ޑޮކްޓަރ އޫގޯ ހާވިއެރް ގޯބީ އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މި ރަސްމިއްޔާތު ތަކުގައި، ފަތްކޮޅު އެރުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުންނާއި، ބައްދަލުކުރައްވައި، އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ އެބޭފުޅުންގެ ސަފީރުކަމުގައި ރާއްޖެއާއި އެޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މޮރިޝަސްގެ ސަފީރާއި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުން ޝައުޤުވެރިވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެބޭފުޅުން ވަނީ ވިޔަފާރިއާއި ޢިޤްތިޞާދީ ދާއިރާއިންނާއި، އިމްޕޯޓް އެކްސްޕޯޓް އިތުރުކުރުމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ހަންގޭރީގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާއި ހަންގޭރީއާ ދެމެދުގައިވާ ގުޅުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ހަންގޭރީގެ ސަރުކާރުން ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަންގޭރީއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ހާމަކުރައްވާފައެވެ. އަދި، ހަންގޭރީގެ ސަފީރު ވަނީ ތަޢުލީމީ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ސްކޮލަރޝިޕް ފުރުޞަތުތަކެއް ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ހަންގޭރީގެ ސަރުކާރުން ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.
އަދި، ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޢިޤްތިޞާދުގެ ދާއިރާއިންނާ، މަސްވެރިކަމާއި، ޞިއްޙީ ދާއިރާގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނާއި، ދެޤައުމުގެ ދެމެދުގައި ހިނގަމުންދާ މަތީފަންތީގެ ވާހަކަފުޅުތަަކާއި، ކޮންސިއުލަރ ޚިދުމަތް ދިނުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެެއްވުމަަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ހަންގޭރީގެ ސަފީރު ވަނީ ރާއްޖެއަށް އިތުރަށް ކާބޯތަކެތި ލިބޭނެގޮތް ކަށަވަރުކުރުމާއ، ފަތުރުވެރިކަން އަދި ފެން މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި، ސަފީރުގެ ވާހަަކަފުޅުގައި ދެޤައުމަށް ފައިދާކުރަނިވި ދާއިރާތަކުން ރާއްޖޭގައި ވިޔަފާރީގެ ގުޅުން ޤާއިމުކުރުމުގެ މައްޗަށް ވެސް ވަނީ ބައްލަވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދުގައި މިފަހުން ބޭއްވުނު އިސްވެރިންގެ ބައްދަލުވުމަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މި ބައްދަލުކުރެއްވުމުގެ ސަބަބުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންނާ ދެމެދުގައިވާ ގުޅުން ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމުގައި ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ހަންގޭރީގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ޤައުމުން ވެސް ވަަރަށް އިސްކަން ދޭކަމެއްކަން ފާހަގަކުރައްވައި ބައިނަލްއަޤްވާމީ މައިދާނުގައި މިކަމަށް ދެޤައުމުން ވެސް ގުޅިގެން އަޑުއުފުލުމުގައި މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި ހަންގޭރީއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
އާޖެންޓީނާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އާޖެންޓީނާގެ ސަފީރު ވަނީ ރާއްޖެއާއި އާޖެންޓީނާއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އަބަދުވެސް ރާއްޖެއަށް އާޖެންޓީނާއިން އެއްބާރުލުން ދެއްވާނެކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ އިސް ދައުރެއް އަދާކުރާތަން ދެކިވަޑައިގަތުމަށް ބޭނުންފުޅުވާކަން އާޖެންޓީނާ ސަފީރު ފާހަގަކުރެއްވިއެވެ.
އާޖެންޓީނާގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އާޖެންޓީނާއަކީ ރާއްޖޭގެ އެކުވެރިއެއްކަމަށާއި، އަބަދުވެސް ދެޤައުމުގެ ގުޅުން ބަދަހިކުރެެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ސަފީރު ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާ ގުޅޭގޮތުން، ޚާއްޞަކޮށް ކަނޑުފަޅު ހިމާޔަތްކުރުމާއި ގުޅިގެން ދިވެހިރާއްޖެ މިސާލަކަށް ބަލައި މަސައްކަތްކުރެެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ފަތުރުވެރިކަމާއި، އިންސާނީ ޙައްޤޫތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅޭގޮތުން އަދި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި އާޖެންޓީނާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު