ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް (ކ)
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް (ކ)
ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން ފޯ ސައުތް އޭޝިއާގެ ރިޔާސަތަށް ރާއްޖެ ހޮވިއްޖެއެވެ.

އިއްޔެ ބޭއްވި ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން ފޯ ސައުތު އޭޝިއާގެ (ސީއެސްއޭ) 58 ވަނަ ބައްދަލުވުމުގައި، ކޮމިޝަނުގެ ރިޔާސަތަށް ދެވަނަ ދައުރަކަށް ރާއްޖެ ވަނީ އިންތިޚާބު ކޮށްފައެވެ. ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި ސައުތު އޭޝިއާގެ 7 ގައުމަކުން 25 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ރިޔާސަތު ބެލެހެއްޓެވި އެބައްދަލުވުމުގައި އެ ކޮމިޝަންގެ ވައިސް ޗެއާގެ މަގާމަށް ބަންގްލަދޭޝް އާއި އީރާން ވަނީ ހޮވާފައެވެ. އަދި ޖެނެރަލް އެސެމްލީގެ ނައިބަކަށް އިންޑިއާ އަދި ކްރެޑެންޝިއަލްސް ކޮމިޓީއަަށް ބޫޓާން ހޮވާފައިވާއިރު ސައުތް އޭޝިއާއަށް ކަނޑައަޅާފައިވާ އެގްޒެކެޓިވް ކައުންސިލްގެ ދެ ގޮނޑި އަށް އީރާނާއި އިންޑިއާ ވަނީ ހޮވިފަ އެވެ.

ޔޫއެންޑަބްލިއުޓީއޯ އަކީ ފަތުރުވެރިކަމުގެ ސިނާޢަތު ސަރަޙައްދީ ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާއި ކުރިމަތިވާ އެކި ދަތިތަކަށް ގުޅިގެން ހައްލު ހޯދުމަށް ޙަރަކާތްތެރިވާ އދ.ގެ ޖަމިއްޔާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން