މުނޫ މަހާވަރު
މުނޫ މަހާވަރު
އިންޑިއާއިން ރާއްޖެއަށް އާ ސަފީރެއް އައްޔަނުކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިހާރު އިންޑިއާ އިން އޮމާނަށް ކަނޑަޅާފައި ހުރި ސަފީރު މުނޫ މަހާވަރު ކަމަށެވެ. ރާއްޖޭގައި މިހާރު ހުރި ހައި ކޮމިޝަނަރު ސަންޖޭ ސުދީރު މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގެ މާޗު މަހު އެވެ.

މަހާވަރް ވަނީ 1998-2001 އަށް ރަޝިއާގެ ވެރިރަށް މޮސްކޯ އަދި 2008-2011 އަށް ސްވިޒަލެންޑުގެ ޖެނީވާގެ ޑިޕްލޮމެޓިކް މިޝަންގައި މަސައްކަތްކޮށްފަ އެވެ.

ރަސްމީކޮށް މަޤާމާ ޙަވާލުވުމަށް މުނޫ މަހާވަރު ވަރަށް އަވަހަށް ރާއްޖެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން