15 ވަނަ އެޕިސޯޑް
==========
އަބަދުވެސް އޭނާ އެދަރިފުޅުގެ އިޙްސާސްތަކާމެދު ވަރަށް ފުންކޮށް ވިސްނައެވެ. ޚާއްޞަކޮށް، އެދަރިފުޅުގެ މަންމަ، އާދެ، އޭނާގެ ލޮބުވެތި އަނބިމީހާ ދިޔާނާ ކެންސަރު ބަލީގައި ގިނަދުވަސްތަކެއްގައި އޮތުމަށްފަހު މަރުވި ދުވަހުން ފެށިގެން އޭނާ އެދަރިފުޅާމެދު ވަރަށް ފުންކޮށް ވިސްނައެވެ. އެދަރިފުޅުގެ ކޮންމެ ކަމެއްވެސް އޭނާ އަންނަނީ ވަރަށް ކައިރިން ބަލަމުންނެވެ.
[ބައްޕާ....އަހަރެން ކިތަންމެ ލޯބިވިޔަސް، ނާއިލްގެ ހިތުގައި އަހަރެމެން ހީކުރާ ކަހަލަ ލޯތްބެއް ނެތިއްޔާ، ކައިވެނި ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެންނާތީ، އެހެންވެ އަހަރެން ލޯބިވިޔަސް، އަހަރެން ވަކިވާން ނިންމީ.] ޢައިޝާ ގަދަކަމުން ހިނިތުންވުމުގެ އަސަރު ވެރިކުރުވިއެވެ.
ހަމަ އެވަގުތެވެ. މިހާރު ނާއިލް މަސައްކަތް ކުރަމުން ދަނީ އޭނާގެ ލޯބިވެރިޔާ ނުވަތަ އޭނާގެ ޙަޔާތުގެ ބައިވެރިޔަކަށް ހަދަން އޭނާ ނިންމާފައިވާ ބައިވެރިޔާގެ ފުރިހަމަ މަޢްލޫމާތު، އޭނާގެ މަންމައާއި ބައްޕައަށް ދިނުމަށެވެ.
މިހާރު އިލްޔާސާއި ނާޒިމާވެސް ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން އެދަނީ ނާއިލްގެ ޙަޔާތުގެ ބައިވެރިޔަކަށްވާން އުޅޭ އަންހެން ކުއްޖާގެ ފުރިހަމަ މަޢްލޫމާތު ލިބިގަތުމަށެވެ.
[ދަރިފުޅާ، ނަޞީބު ދިމާކުރިގޮތުން ދެޢާއިލާގެ އެތެރޭގެ މަޞްލަޙަތު ނުގެއްލި، މައްސަލަ މިވަނީ ޙައްލުވެފައި. އެކަމަކު މިހާރު ދެން ބައްޕަމެން ކެތްތެރިކަން ކުޑަވެފައި މިވަނީ އެއަންހެން ކުއްޖާގެ މަޢްލޫމާތު ބޭނުންވެގެން. ބުނެބަލަ، ކޮބައިތަ ދަރިފުޅު މިގެއަށް ގެންނަން އުޅޭ އަންހެން ކުއްޖަކީ.] އިލްޔާސް އެއްސެވެ.
އިލްޔާސްގެ މޯބައިލް ފޯނު ރިންގުވެ، އޭނާގެ ވާހަކަ ހުއްޓުނީ އެވަގުތެވެ. ގުޅީ އޭނާގެ ވިޔަފާރި ކުންފުނީގެ އެކައުންޓެންޓް ޞަބާޙެވެ.
[ކިހިނެއްވީ ސޮބާ؟] ފޯނު ނަގަމުން އިލްޔާސް ވާހަކަ ދެއްކިއެވެ.
[ނާއިލަށް ގުޅަން މިގުޅީ. އޭނާގެ ފޯން އޮފް ކޮށްފަ އޮތީމާ...ނާއިލް ގާތު ބުނެދީފާނަންތޯ، މިހާރު ދެކޮޓަރީގެ އެޕާޓްމަންޓެއް ހިފައި ސާފުކޮށް ތަކެތި ވައްދާވެސް ނިމިއްޖެއޭ.] ޞަބާޙް ނާއިލާ ދައްކަންޖެހޭ ވާހަކަތައްވެސް އިލްޔާސާ ޙިއްޞާކޮށްލިއެވެ.
[އާނ ބުނާނަން، ބާއްވަނީ.] އިލްޔާސް ފޯނު ބޭއްވިއެވެ.
[ދަރިފުޅާ ސޮބާ އެގުޅީ ދަރިފުޅު ބުނެގެން ދެކޮޓަރީގެ އެޕާޓްމަންޓެއް ފުރިހަމަކުރި ވާހަކަ ބުނަން. ފޯނު ނިއްވާލައިގެންދޯ ތިއުޅެނީ؟] އިލްޔާސް ބުންޏެވެ.
[އާނ..ބައްޕާ...އަހަރެން އެޕާޓްމަންޓެއް ހޯދަނީ އަންހެން ކުއްޖާގެ މަންމަމެން ވަގުތީގޮތުން ބައިތިއްބަން. ކައިވެންޏަށް އެމީހުން އެބައާދޭ....] ނާއިލް ބުންޏެވެ.
[ރާއްޖެތެރޭ ކުއްޖަކާތަ އިންނަން ތިއުޅެނީ!؟] އިލްޔާސްގެ ދެލޯ ބޮޑުވިއެވެ. ހަމަގައިމުވެސް ރާއްޖެތެރޭގެ ނިކަމެތި ކުއްޖަކާ ނާއިލް ގުޅޭކަށް އޭނާއަކަށް ނުރުހެވޭނެއެވެ.
[އާނ...ބައްޕާ އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށް ވާންއުޅޭ އަންހެން ކުއްޖާއަކީ ރާއްޖެތެރޭގެ އަންހެން ކުއްޖެއް. އެކަމަކު އެއީ ވަރަށް ގެވެހި، އަޚްލާޤު ރަނގަޅު ކުއްޖެއް. އަހަރެން ޔަޤީން ކުރަން، ބައްޕައާއި މަންމަވެސް އަހަރެންގެ މިނިންމުމަށް އިޙްތިރާނެ ކުރާނެ ކަމަށް.] ނާއިލް ބުންޏެވެ.
[ދަރިފުޅާ، ޢައިޝާފަދަ މާލޭގެ ރަނގަޅު އަންހެން ކުއްޖަކު ދޫކޮށްލާފައި، ދަރިފުޅަށް ފެނުނު އަންހެން ކުއްޖަކީ ރާއްޖެތެރޭގެ އަންހެން ކުއްޖެއްތަ؟ ހަމަގައިމުވެސް ދަރިފުޅުގެ ތިޔަ ނިންމުމަށް ހުރަސްނޭޅިޔަސް، ތިޔަ ކައިވެންޏަކީ ބައްޕަ ރުހޭ ކައިވެންޏަކަށް ނެހެދޭނެ.] އިލްޔާސް ބުންޏެވެ. އެހެން ނަމަވެސް، އެއީ ނާއިލް އުއްމީދުކުރި ގޮތެއް ނޫނެވެ.
[ދަރިފުޅާ....މަންމަވެސް ރުހޭ ކަމެއް ނޫން ރާއްޖެތެރޭގެ، ކޮން ބައެއްކަންވެސް ނޭނގޭ ޢާއިލާއެއްގެ ތެރެއަށް ދަރިފުޅު ވަނުމަކީ. އެކަމަކު ދަރިފުޅުގެ ލޯތްބަށް ހުރަސްއަޅާކަށް މަންމަވެސް ބޭނުމެއް ނޫން.] ނާޒިމާ ހުރީ ދަރިފުޅުގެ އެނިންމުމާމެދު ކަންބޮޑުވެފައެވެ.
[ދަރިފުޅާ....ބުނެބަލަ، ދަރިފުޅު ތިޔަބުނާ އަންހެން ކުއްޖާއަކީ ކާކުތަ؟] އިލްޔާސް އެއްސެވެ.
[މަންމާ...ބައްޕާ....އެއީ މިގެއަށް އާ މޫނެއް ނޫން. އެއީ މިގޭގަ ގެންގުޅޭ ކުއްޖެއް. ނުވަތަ ރަނގަޅު ތަޢްލީމާއި މަތީ ފާސްތަކެއް ހޯދުމުގެ މަޤްޞަދުގައި މިގެއަށް އައިސް އުޅުނު ކުއްޖެއް.] ނާއިލް ޒޭނާގެ ވާހަކަ ކިޔައިދޭން އުޅެފައި ހުއްޓާލީ މަންމައާއި ބައްޕަގެ މޫނުމައްޗަށް އެވަގުތު އަރައި ފޭބި ކުލަވަރުންނެވެ.
[ކީއްވެތަ ވާހަކަ ހުއްޓާލީ. ތިބުނާ އަންހެން ކުއްޖަކީ ކާކުތަ؟] ނާޒިމާގެ ހިތް އަވަސްވިއެވެ.
[އެއީ ޒޭނާ....މަންމައަށް އެހީތެރިވާން ހުރި އަންހެން ކުއްޖާ.] ނާއިލް މިހެން ބުނުމާއެކު، އިލްޔާސްގެ ދެލޯ ބޮޑުވިއެވެ.
[ޒޭނާއޭ!؟ ދަރިފުޅާ އެއީ ބައްޕައެއްގެ އެހީތެރިކަންވެސް ނުލިބޭ، ރޫޅިފައިވާ ޢާއިލާއެއްގެ ނިކަމެތި ކުއްޖެއް. ބައްޕަ ވަރަށް ބޮޑަށް ޙައިރާންވެއްޖެ. ދަރިފުޅުފަދަ ވިސްނޭ ކުއްޖަކު ތިޔަފަދަ ކަމެއް ނިންމީތީ. ބައްޕައަށް ހީވަނީ ތިޔައީ ރަނގަޅު ކަމެއް ނޫންހެން.] އިލްޔާސް ސީދާ އިންކާރު ނުކުރިޔަސް، އެކަމާ ނުރުހުން ފާޅުކުރިއެވެ. އޭނާ ބޭނުންވަނީ ދަރިފުޅަށް މަޖުބޫރު ކުރުމަކާނުލައި އެކަން ހުއްޓުވޭތޯ ވިސްނައިދޭށެވެ.
[ބައްޕަމެނަށް ހީވެދާނެ، އަހަރެން ޒޭނާ ދަންނަން ފެށީ މިގެއިންނޭ. އެކަމަކު އަހަރެން ޒޭނާ ދަންނަތާ އެތައް އަހަރެއް ވެއްޖެ. ޒޭނާއަށް މިގެއަށް އާދެވުނީވޭސް އިއްތިފާޤަކުން. އަހަރެން ވަރަށް ބޮޑަށް އެދެން، މަންމައާއި ބައްޕަވެސް އަހަރެންދެކެ ލޯބިވާނަމަ، މިގުޅުމަށް ހުރަސްނޭޅުމަށް.] ނާއިލް ބުންޏެވެ.
[ދަރިފުޅުގެ ތިގުޅުމަށް ހުރަސްއަޅާކަށް ބައްޕަމެން ބޭނުމެއް ނޫން. އެކަމަކު ދަރިފުޅުވެސް ތިކަމެއް ކުރުމުގެ ކުރިން ވިސްނާލަންވާނެ. ތިބުނާ ޒޭނާއެއްގެ ބައްޕައަކީ ކޮބައިތޯއާއި، ޢާއިލާއަކީ ކޮންކަހަލަ ޢާއިލާއެއްތޯވެސް ބަލަންޖެހޭނެ. ބައްޕަ އެދެނީ، މިކަންކަން ބެލުމަށްފަހު ގޮތެއް ނިންމަން. ފަހަރެއްގައިވެސް މިއީކީ ތިޔަ ކައިވެންޏަށް ހުރަސް އެޅުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫން.] އިލްޔާސް ބޭނުންވަނީ ސީދާ އިންކާރު ކުރުމުގެ ބަދަލުގައި، ވިސްނައިދީގެން އެކަން ހުއްޓުވާށެވެ. ނޫނީ އޭނާ ބޭނުންވަނީ ޒޭނާގެ ޢާއިލާ ދަސްކޮށްގެންމެނުވީ ކައިވެނިވިޔަނުދޭށެވެ.
[މައްސަލައެއް ނެތް، މާދަމާ ޒޭނާއާއި ޒޭނާގެ މަންމައާއި ދޮންބައްޕަވެސް މާލެ އަންނާނެ. މާލެ އައިމާ ޒޭނާގެ ބައްޕައާ ބެހޭގޮތުން ސުވާލު ކުރާނަން.] ނާއިލް މިހެން ބުނެފައި، އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އެއީ ޝާޢިރާ އެދިމާއަށް އައިސް ހުރި ވަގުތެވެ. ޝާޢިރާގެ ފަހަތުން މަރީނާވެސް އައިސް ހުއްޓެވެ.
[ޝާޢިރާ އެފަރާތަށް ނުގޮސް މަޑުކޮށްބަލަ. އިލްޔާސް ރުޅި އަންނާނެ.] މަރީނާ ނިކަން ބާރަށް ގޮސް ޝާޢިރާގެ އަތުގައި ހިފެހެއްޓިއެވެ.
[ޚަބަރުދާރު މޮޔަ އިންސާނާ، އަހަރެންގެ ގައިގައި އަތްނުލާތި. އަހަންނަކީ މުޑުދާރު އަންހެނެއް. ފާފަވެރި އަންހެނެއް. އަހަރެން ބޭނުންވަނީ މިގެއިން ދާން.] މިހެން ބުނެފައި ޝާޢިރާ ނިކަން ބާރަށް ހީގެންފިއެވެ. އޭރު އޭނާގެ ކުރިމަތީގައި އިލްޔާސާއި ނާޒިމާއާ ދެމީހުން ތިއްބެވެ. އިރުކޮޅަކުން ނަޝާވެސް އެތަނަށް އައިސް ހުއްޓިއްޖެއެވެ.
[ޝާޢިރާ އަދި ތިހުރީ ހެނދުނުއްސުރެ އެއްވެސް އެއްޗެއް ނުކައި....ހިނގާބަލަ ކޮންމެވެސް އެއްޗެއް ކާން.] މަރީނާގެ އަތުގައި އޭރުވެސް ޖޫސް ތައްޓެއް ހުއްޓެވެ.
[އަހަރެން އިއްޔެގައި ކައިފީމޭ. އެހެރަ މީހާއަށް އަދިވެސް ކާންދީ...މިހާރުވެސް ބަނޑު ފަޅައިގެން އެދަނީ....] އިލްޔާސާ ދިމާއަށް އިނގިލި ދިއްކުރަމުން ޝާޢިރާ އަނެއްކާވެސް ހީނގެންފިއެވެ. ނިކަން ބާރަށެވެ. ނަމަވެސް ގިނައިރު އެއްވެސް އެއްޗެއް ނުކައި ހުރުމުގެ ސަބަބުން އޭނާއަށް ވަރަށްބޮޑަށް ވަރުބަލިކަން އިޙްސާސްވަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.
[ޝާޢިރާ، ނުކައި ހުންނާކަށް ނުވާނެ. ހިނގާ އަހަންނާއެކު ކާން. މިއަދު ޝާޢިރާއަށް ކާންދޭނީ އަހަރެން. ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެއް ނޫންތަ؟] ނާޒިމާ ތެދުވެގެން ޝާޢިރާގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް އޭނާ މިފަހަރު ނާޒިމާގެ އަތްވެސް ފޮޅުވާލިއެވެ.
[ތީ ކާކު...އަހަރެން ދަންނަވެސް މީހެއް ނޫން. ކަލޭވެސް މިތަނުންދޭ. އަހަރެން ކާނީ އެބޭބެގެ އަތުން. އެއީ އަހަރެންގެ ބޭބެއެއްދޯ؟] ޝާޢިރާ ނިކަން ބާރަށް ހިނގާފައި އައިސް އިލްޔާސްގެ އަތުގައި ހިފެހެއްޓިއެވެ. ވަގުތުން އިލްޔާސް ޝާޢިރާގެ އަތް ފޮޅުވާލުމަށްފަހު ސޯފާގައި އިށީނދެއްޖެއެވެ.
[ތިހެން ނަހަދާ އިލްޔާސް، ފަހަރެއްގައި އިލްޔާސް ދިނީމާ ޝާޢިރާ ޖޫސް ތަށްޓެއް ބޮއިފާނެ. މަރީނާ ތިޔަ ޖޫސްތަށި އިލްޔާސް އަތަށްދީބަލަ.] އަނެއްކާވެސް ނާޒިމާ ޝާޢިރާގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތު ޝާޢިރާ ޖޫސްތަށި ގެނެސް އިލްޔާސްގެ އަތަށް ދީފިއެވެ.
އިލްޔާސް ނިކަން ރުޅިވެރިކަމާއެކު ނަފްރަތުގެ ބެލުމަކުން ޝާޢިރާގެ މޫނަށް ބަލައިލުމަށްފަހު، ޖޫސްތަށި އޭނާގެ ތުނބުގައި ޖައްސާލިއެވެ. އެއާއެކު ނުހަނު އުފަލާއެކު ޝާޢިރާ ޖޫސްތަށި ބޯން ފެށިއެވެ.
ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ އަލުން އިލްޔާސާ ގުޅުން ޤާއިމްކޮށް، ނާޒިމާ އެގެއިން ބޭރުކޮށްލާށެވެ.
[ނާޒިމާ އަހަރެން ލައްވާ މިކަން ކުރުވަން ނޫޅޭ....ބުއްދި ސަލާމަތުން ހުރި މީހެއްގެ ގަޔަށް އެއްހޮރަކުން ދެވަނަފަހަރަކު ކަށްޓެއް ނެހެރޭނެ. އަހަރެން ބޭނުންވަނީ ސަލާމަތުގެ އައްސޭރިއެއްގައި އަބަދުވެސް އުޅެން.] އިލްޔާސް މިހެން ބުނެފައި ޖޫސްތަށި ދޫކޮށްލިއެވެ. ޙަޤީޤަތުގައި އޭނާ އެތަށިން ދޫކޮށްލީ ޝާޢިރާ ހިފަހައްޓައިގެން ހުރި ކަމަށް ހީކޮށްފައެވެ. ނަމަވެސް، އޭނާ ދޫކޮށްލުމާއެކު އެތަށި ވެއްޓިގެން ގޮސް ޖެހުނީ ޝާޢިރާގެ ފައިމަތީގައެވެ. ތަށި ތެޅުނީ އޭނާގެ ފައިމަތީގައި ޖެހިފައި ތަޅުންގަނޑުގައި ޖެހުނު ވަގުތެވެ.
ވީތަދާއެކު ތެޅިގަނެވުނު ވަގުތު ޝާޢިރާއަށް ތެޅުނު ބިއްލޫރިތަކުގެ މައްޗަށް ފެއިންއެރި، އޭނާގެ އެއްފައި ނިކަން ބޮޑަށް ޒަޚަމްވެސްވިއެވެ.
[އިލްޔާސް އަޅެ ކިހިނެއްތަ ތިހެދީ. ތިހާވަރަށް ރުޅި އިސްކުރާކަށް ނުވާނެ. ރުޅި އިސްކުރުމުގެ ސަބަބުން ކިހާބޮޑު ގެއްލުމެއް މިއަދު މިލިބުނީ.] ޝާޢިރާ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބައިންދަމުން ނާޒިމާ ވާހަކަ ދެއްކިއެވެ.
[މަރީނާ ނިކަން އަވަހަށް ގޮސް ފަސްޓްއެއިޑް ބޮކްސް ހިފައިގެން އައިސްބަލަ.] ނާޒިމާ ޝާޢިރާގެ ފައިގައި ހުރި ބިއްލޫރިކޮޅު ނައްޓާލަމުން ބުންޏެވެ. އޭރު ނަޝާވެސް އޭނާގެ މަންމަގެ ފައިގައި ހިފަހައްޓައިގެން ހުއްޓެވެ.
[އަހަރެންގެ ފައިން ދޫކޮށްލާ. އެމީހާ ޤަޞްދުގައި އަހަންނަށް ދިން އަނިޔާއެއްމިއީ....އެއީ ވަރަށް ނުލަފާ މީހެއް....އެއީ ކާކުތަ؟ އަހަރެން ބިރުގަނޭ.] ޝާޢިރާ ބާރުބާރަށް ރޮމުން ދިޔައެވެ. ޝާޢިރާގެ ބައެއް ޙަރަކާތްތައް ހުންނަގޮތުން ބައެއްފަހަރު މަރީނާގެ ހިތުގައި ސުވާލު އުފެދޭވެސްމެއެވެ.
[އާނ އަހަރެން ހަމަ ޤަޞްދުގައި ކުރި ކަމެއް. ކަލޭގެ ވިސްނުން ބަދަލެއް ނުވާނެ. އަހަންނަށް އެނގޭ، ކަލޭ މިހާރުވެސް ރާވަމުންދާނީ ކަލޭގެ މަކަރުވެރި ދަލުގައި ބަޔަކު ޖައްސައިގެން ވާވެއްދޭނެ ގޮތަކާމެދު. ނާޒިމާމެނަށް އޮޅިގެން އުޅުނަސް އަހަންނަކަށް ނޯޅޭނެ. ކަލޭގެ ކެހިވެރިދަލުގައި ޖެހިގެން ލައްކަދުވަހު އަހަރެން އުޅެފިން. އެއީ ހިތި މާޒީއެއް. އަހަރެން އަލުން އެދުވަސްތައް، އެހަނދާންތައް އާކޮށް، ކަލޭގެ ސަބަބުން ހިތުގައި ލެވުނު ފާރުތަކުގެ މަތި ނައްޓައި ރޯކުރާކަށް ބޭނުމެއް ނޫން. އަހަރެން ޙައިރާންވޭ، ނާޒިމާމެން ކަލޭ އަލުން މިގެއަށް ގެނައީތީވެސް.] އިލްޔާސް ފަތިވަރެއްހެން އަމުނައި އަޅާލުމަށްފަހު، ނިކަން ބާރަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
އިލްޔާސް ނޫނަސް ކޮންމެ މީހަކަށްވެސް އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ކަންތައްތައް ކުރެވޭނީ ދާދި އެފަދަ ގޮތަކަށެވެ. ބައެއް ރުޅިގަދަ ފިރިހެނުންގެ ރުޅިވެރިކަމުގެ ޝިކާރައަކަށްވެސް އެފަދަ ޙީލަތްތެރިޔަކު ވުމަކީވެސް ދުރު ކަމެއް ނޫނެވެ.
އަހުރަވެތި އަންބެއްގެ ގޮތުގައި އެތައް ޒަމާނެއް ވަންދެން މަކަރާއި ހީލަތުގެ ފަރުދާއެއްގެ ނިވަލުގައި ޝާޢިރާ އިލްޔާސްގެ ޒަވާޖީ ޙަޔާތުގައި ހޭދަކޮށްފައިވާ ދުވަސްތަކަކީ ފަހަރެއްގައިވެސް އޭނާގެ ހިތުން ފިލައިގެންދާނޭ ދުވަސްތަކެއް ނޫނެވެ.
ކިތަންމެ ވަރަކަށް އެކަން ހަނދާން ނައްތާލުމަށް ނާޒިމާމެން ބުނި ކަމުގައި ވިޔަސް، އެޢާއިލާއަށް އޭނާގެ ފަރާތުން ލިބިގެން ގޮސްފައިވަނީ އިންސާނެއްގެ ފަރާތުން ލިބިގެންދާނޭ އެންމެބޮޑު ހިތްދަތި ކަމެވެ. އިލްޔާސަށް އެކަންޏެއް ނޫނެވެ. މުޅި އެޢާއިލާއަށްވެސް އޭނާވަނީ ނުހަނު ހިތްދަތިކަން އެތައް ޒަމާންތަކެއް ވަންދެން ދީފައެވެ.
އިލްޔާސްގެ ރުހުމާ ނުލައި އަލުން ޝާޢިރާ ގެނައީތީވެސް އޭނާ އެހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެހެން ނަމަވެސް، ނާއިލާއި ނާޒިމާ، ނަޝާގެ އުފަލަށްޓަކައި ކުރި ކަމަށްވީމާ، އޭނާ އެކަމަށް އެއްޗެކޭ ބުނަން ބޭނުން ނުވަނީއެވެ.
ދުވަސްތައް މިއާދައިގައި ފާއިތުވަމުންގޮސް ޒޭނާއާއި އޭނާގެ މަންމަ ޒާހިދާއާއި ދޮންބައްޕަ ފުވާދު މާލެ އައުމަށް ހަމަޖެހިފައިވާ ދުވަސް ކުޑަތަންވަމުން ދަނީއެވެ.
ނަމަވެސް އަދި އިލްޔާސާއި ނާޒިމާ ސީދާ އެކައިވެންޏަށް އެންމެ ރުހޭ ވާހަކައެއް ނުބުނެއެވެ.
އެމީހުން ބޭނުންވަނީ ސީދާ ޒޭނާއާ ސުވާލުކޮށްގެން ޒޭނާގެ ޢާއިލާއާބެހޭ މަޢްލޫމާތު ހޯދާށެވެ. އެމީހުންގެ ލޮލުގެ ނޫރު ކަމުގައި ދެކެމުންދާ ފިރިހެން ދަރިފުޅުގެ ޙަޔާތުގެ ބައިވެރިޔަކަށްވާ އަންހެން ކުއްޖާއަކީ ރަނގަޅު ޢާއިލާއެއްގެ އަބުރުވެރި އަންހެން ކުއްޖަކަށްވުމަކީ، ވަރަށް ކުރިއްސުރެން ނާޒިމާ ދެކެމުން އައި ހުވަފެނެކެވެ.
[ދަރިފުޅާ، ދަރިފުޅު ބުނާ އަންހެން ކުއްޖާ އަންނާނީ ކޮން ދުވަހަކުތަ؟ މަންމަ މިހާރު މިހުންނަނީ ޒޭނާގެ ޢާއިލާއާ ބެހޭގޮތުން ދެނެގަންނަން ވަރަށް ބޮޑަށް ބޭނުންވެފައި.] ނާޒިމާއާއި ނާއިލް ވާހަކަ ދައްކަން ތިބީ ނާއިލްގެ ކޮޓަރިތެރޭގައެވެ.
[މާދަމާ ނޫން އަނެއް ދުވަހު އަންނާނެ. އަންނައިރު ޒޭނާގެ މަންމައާއި ދޮންބައްޕަވެސް އަންނާނެ. އެމީހުން އައިމާ ވަލީވެރިޔާއާ ބެހޭ މަޢްލޫމާތުވެސް ހޯދޭނެ. މަންމާ، ޙަޤީޤަތުގައި ކައިވެންޏެއް ކުރާއިރު، ކޮންމެހެން އަންހެން ކުއްޖާގެ ޢާއިލާއާ ބެހޭގޮތުން އެހާވަރަށް އޮޅުންފިލުވުމަކީ ބޭނުންތެރި ކަމެއް ކަމަކަށް އަހަންނަކަށް ނުވިސްނޭ.] ނާއިލް ބުންޏެވެ. ޙަޤީޤަތުގައި ޒޭނާގެ ޢާއިލާއަކީ ކޮންމެފަދަ ޢާއިލާއެއް ކަމުގައިވިޔަސް، އޭނާ ޒޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. ޒޭނާއަށްޓަކައި އޭނާގެ ހިތުގައި އުފެދި އަށަގެންފައިވަނީ ނުހަނު މަތިވެރި ލޯތްބެކެވެ.
ޒޭނާގެ ލޯތްބާނުލާ އޭނާގެ ޙަޔާތުގައި ދިރުމެއް ނުވާނޭފަދަ އިޙްސާސްތައް އަބަދުވެސް އޭނާއަށް ކުރެވޭމެއެވެ. ޙަޤީޤަތުގައި ޒޭނާއަށްވެސް ވަނީ ނާއިލްދެކެ އެހާވަރަށް ލޯބިވެވިފައެވެ.
ނާއިލްގެ ލޯތްބާނުލާ އޭނާގެ ޙަޔާތުގައި ޙަޤީޤީ ދިރުމެއް ނެތްފަދައެވެ.
[ދަރިފުޅާ...ޒޭނާ، މަންމައާއި ބައްޕަވެސް ގޮވައިގެން ދަރިފުޅު މާލެދާން ނިންމާއިރު....އެސޮރު ދަރިފުޅާ އިންނާނެ ކަމުގެ ކިހާ ޔަޤީން ކަމެއް ދަރިފުޅަށް އެބައޮތްތަ؟] ޒޭނާގެ މަންމަ ޒާހިދާ ވާހަކަ ދެއްކީ ޒޭނާއާއެވެ.
[އާނ...އަހަންނަށް ޔަޤީން، ޒޭނާއަކީ އަހަންނަށްޓަކައި އުފަންވި ކުއްޖެއް. ޒޭނާއާއެކު އަހަންނަށް އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ވެއަތުކުރެވިދާނެ. މަންމާ...އަހަރެން ވަރަށް ބޮޑަށް އެދެން، މަންމައާއި ބައްޕަ އަހަންނަށް ހުރަސްނޭޅުމަށް.] ނާއިލް ވާހަކަ ދެއްކީ އޭނާގެ މަންމައާއެވެ.
[ދަރިފުޅާ، ދަރިފުޅަށް ތިކަމުގައި ހުރަސްއެޅުމަކީ މަންމަމެން ވިސްނާ ކަމެއް ނޫން. ދަރިފުޅަށް ރަނގަޅުގޮތް އިޚްތިޔާރު ކުރާނީ ދަރިފުޅު. އެކަމަކު ވިސްނަންވާނެ، މަންމައާއި ބައްޕަވެސް ދަރިފުޅަށް ދެރަގޮތެއް މެދުވެރިވުމަށް ނޭދޭނެކަމާ މެދުގައިވެސް. ދަރިފުޅާ، އެކަމަކު ތިޔަކަމެއް ނިންމުމުގެ ކުރިން ޒޭނާގެ ޢާއިލާ ދެނެގަތުމަށް މަންމަވެސް ބޭނުންވޭ.] ނާޒިމާ ބުންޏެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު