ރަޔަން ރޭނޯލްޑްސް އެންމެ ފަހުން ކުޅުނު ފިލްމު - ފްރީ ގައި
ރަޔަން ރޭނޯލްޑްސް އެންމެ ފަހުން ކުޅުނު ފިލްމު - ފްރީ ގައި
"ފްރީ ގައި" ފިލްމާއި ގުޅޭގޮތުން ހޮލީވުޑްގެ ކާމިޔާބު ތަރި ރަޔަން ރޭނޯލްޑްސް، އިންޑިއާގައި ތިބި އޭނާގެ ފޭނުންނަށް ހާއްސަ ވީޑިއޯ މެސެޖެއް ފޮނުވައިފިއެވެ.

މި މެސެޖުގައި ރަޔަން ބުނެފައިވަނީ ހޮލީވުޑުން މިހާރު އިންޑިއާގެ ބޮލީވުޑްގެ ފިލްމުތަކާއި އެއްގޮތައް ފިލްމު އުފައްދާކަމަށާއި، މިކަން މިގޮތަށް އޭނާގެ އިންޑިއާ ފޭނުނަށް ހާމަކުރަން ލަދުނުގަންނަ ކަމަށެވެ. މީގެއިތުރުން ހޮލީވުޑްގެ ފިލްމުތަކަށް ބޮލީވުޑްގެ ރަހަތައް ގެނައުމުން ފިލްމު އިތުރަށް ފުރިހަމަ ވެގެންދާ ކަމަށްވެސް މި ވީޑިއޯ މެސެޖުގައި ރަޔަން ވަނީ ބުނެފައެވެ.

އެގޮތުން އެންމެ ފަހުން ރަޔަން ކުޅުނު "ފްރީ ގައި" އަކީ މެޓް ލެބަރމަން ލިޔެފައިވާ ފިލްމެއްކަމަށާއި، މި ފިލްމު ޝޯން ލެވީ ޑައިރެކްޓްކޮށްފައިވަނީ ބޮލީވުޑް ރަހަތަކާއެކު ކަމަށް ރަޔަން ފާހަގަ ކޮށްފައިވެއެވެ. އަދި މި ފިލްމަކީ ބޮލީވުޑްގެ ކޮންސެޕްޓްތަކާއި އެއްގޮތަށް، ފިލްމުގައި ރޯމިއޯގެ ރޯލު އަދާކުރާ ހީރޯއަކާއި، އެ ހީރޯގެ ހަޔާތް ބަދަލު ކޮށްލާ އަންހެން ބައިވެރިޔަކާއި، "ނުބައިބައި" ރޯލު ކުޅޭ "ކްރޭޒީ ވިލަން" ގެ އިތުރުން ތަފާތު ނެށުންތަކާއި، އެކްޝަން ގިނަ، ފިލްމެކެވެ.

ސިނަމާތަކުގައި އޮގަސްޓް 13 ވަނަ ދުވަހު މި ފިލްމު ދައްކަން ފަށާފައިވާއިރު، މިހާތަނަށް މި ފިލްމަށް ވަނީ ގިނަ އަދަދެއްގެ ޕޮޒިޓިވް ރިވިއު ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން