އިންޑޮނޭޝިއާގެ ވެސްޓް ޖާވާގެ ކޮޓާ ބޮގޯރްގައި ހުންނަ "އެސްއެމްޕީއެން 3" ސަރުކާރު ސުކޫލުގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 57 އަހަރުގެ ނޫރުދީން، ނަމާދުގެ ސުޖޫދުގައި އޮއްވާ ނިޔާވެއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ނޫރުދީން ނިޔާވީ އޭނާގެ ޑިއުޓީ ގަޑީގައި މެންދުރު ނަމާދު ކުރުމަށް ސުކޫލުގެ މުސައްލާ (ނަމާދުކުރާ ކޮޓަރި) އަށް ވަދެ ނަމާދު ކުރަނިކޮށެވެ. ނަމާދު ނިމުމަށްފަހުވެސް އޭނާ އާދަޔާ ޚިލާފަށް ގިނައިރު ސުޖޫދުގައި އޮތުމުން، އެތަނުގައި ތިބި އެހެން މުވައްޒަފުން ގޮސް އޭނާ ހޭލެއްވޭތޯ މަސައްކަތްކުރިއެވެ.
ނަމަވެސް އޭނާގެ އެއްވެސް ޙަރަކާތެއް ނެތުމުން، ވަގުތުން ޕީއެމްއައި ކޮޓާ ބޮގޯރް ހޮސްޕިޓަލަށް ގެންދެވުނެވެ.
ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ނޫރުދީން ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ ނިޔާވެފައެވެ. އޭނާ ނިޔާވާން ދިމާވި މެޑިކަލް ސަބަބެއް ކަމަށް ބެލެވެނީ ކުއްލިއަކަށް ހިތް ހުއްޓުމުގެ ހާދިސާއެއް (ސަޑަން ހާޓް ފެއިލިއާ) ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާގެ ޚަބަރު ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ މުސްލިމުން ވަނީ ނަމާދުގެ އަޅުކަމުގައި އޮއްވާ މިފަދަ ބަރަކާތްތެރި އަދި އަމާން ނިމުމެއް ލިބުމުން އެކަން ފާހަގަކޮށް، މަރުހޫމަށް ސުވަރުގޭގެ ނިއުމަތް އެދި ހެޔޮ ދުއާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު