އައްޑޫ ފްލައިންގ ސްކޫލް
އައްޑޫ ފްލައިންގ ސްކޫލް
ފްލައިން ސްކޫލް ހިންގުމަށް ވެފައިވާ އެއްބަސްވުން އެވިޑް ކޮލެޖުން އުވާލައިފިއެވެ.

ފްލައިން ސްކޫލްގެ ދަރިވަރުންނާއެކު މިއަދު މެންދުރު ބޭއްވި ބައްދަލުވުމެއްގައި އެވިޑްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އާއެކު އެކޮލެޖުން ހަދާފައިވާ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ. އެއްބަސްވުން ބާތިލްކުރީ ސަރުކާރުގެ މުއައްސަސާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުން ކަމަށް މުސްތާޤު ވިދާޅުވިއެވެ.

އެވިޑްގެ ދަށަށް އޭއޭއޭގެ ހުރިހާ މުދަލެއް އަދި ދަރިވަރުން ބަދަލުވުމާއެކު އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ)ގެ ނަމަށް ފްލައިން ސްކޫލުގެ ނަން ވަނީ ބަދަލުކޮށްފަ އެވެ. އައްޑޫގައި އޭއޭއޭ ހިންގަމުންދާ އިމާރާތް ހުސްކުރުމަށް އައްޑޫގެ އެއާޕޯޓްގެ ބޯޑުން ދީފައިވާ އެންމެ ފަހުގެ ތާރީހަކީ ޖުލައި މަހެވެ. ނަމަވެސް އޭއޭއޭ ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވުމާ ގުޅިގެން އެއާޕޯޓުގެ ބޯޑުގެ ނިންމުން ބަދަލުކޮށް ކުރިން ދީފައިވާ ނޯޓިސް ކެންސަލް ކޮށްދިނުމަށް އެވިޑް ކޮލެޖުން ވަނީ އެދިފައެވެ.

އެވިޑުން ހުރިހާ މުދަލަކާއެކު އޭއޭއޭ ގަނެ އެތަނުގެނަމަށް މުޅި އިންވެސްޓްމަންޓް ބަދަލުކުރި ނަމަވެސް އެކަން އެގޮތަށް ހިނގާފާނެ ކަމާމެދު ބައެއް ފަރާތްތަކުން ކުރިންވެސް ވަނީ ސުވާލު އުފައްދާފައެވެ. އެފަދަ ފަރާތްތަކުން ގަބޫލުކުރަނީ މިއީ އޭއޭއޭގެ ކުރީގެ މެނޭޖްމަންޓުން ހެދި ޑީލެއްގެ ގޮތުގައެވެ. އަދި މިކަން ކަމާބެހޭ ފަރާތްތަކުން ވަރަށް ގާތުން ބަލަން ޖެހޭނެ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން