މޯލްޑިވްސް މީޑިއާ ކައުންސިިލް (އެމްއެމްސީ) ގެ ބައްދަލުވުމެއް ކުރިޔަށްދަނީ
މޯލްޑިވްސް މީޑިއާ ކައުންސިިލް (އެމްއެމްސީ) ގެ ބައްދަލުވުމެއް ކުރިޔަށްދަނީ
އިދިކޮޅު ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.

އެމްއެމްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 2021 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާ ފުލުހުން ރޫޅާލުމުގެ ތެރޭގައި، މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާ ލިބިފައިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން، މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާކަމަށާއި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާ، ފޮޓޯއާއި ވީޑިއޯއާއެކު އެ ކައުންސިލަށް ވަނީ ހުށަހަޅާފައި ކަމަށް ބަޔާނުގައިވެއެވެ.

އެމްއެމްސީން ބުނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި ހަމަ އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ، އެ ކައުންސިލުގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

"އެހެންކަމުން، ރޭގައި ކުރިއަށް ދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ނޫސްވެރިންނަށް އަނިޔާވެފައިވާތީ، އެކަން މި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މި ކައުންސިލުން ގޮވާލަމެވެ." ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން