ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު
ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު
ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ އާއި ގުޅިގެން ދަޢުވާ އުފުލާފައިވާ އަދުހަމް އަޙްމަދު ރަޝީދު އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް ކްރިމިނަލް ކޯޓުގައި އިޢުތިރާފް ވެއްޖެއެވެ.

އަދުހަމަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ބޮން ގޮއްވާލި މީހާ ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ. މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އަދުހަމް ބުނީ، ދަޢުވާތަކަށް އޭނާ އިޢުތިރާފް ވަނީ، އެއްވެސް މަޖުބޫރުކަމެއް ނުފޫޒެއް ނެތި ކަމަށެވެ. އަދުހަމް ދަޢުވާތަކަށް އިޢުތިރާފް ވުމުން އަޑުއެހުމުގެ ބާކީ ބައިވަނީ ޤައުމީ ސަލާމަތަށްޓަކައި ކަމަށް ބުނެ ސިއްރުކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ދަޢުވާ އުފުލާފައިވާ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު ވަނީ ދައުވާތަކަށް އިއުތިރާފްވެ 23 އަހަރުގެ ޖަލުހުކުމަކަށް ދަޢުލަތާއެކު އެއްބަސްވެފައެވެ. އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

މީގެ ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮން ގޮއްވާލިރޭ އަދުހަމް އަހުމަދު ރަޝީދުގެ ޙަރަކާތްތައް ވަނީ ދައްކާލާފައެވެ. އެގޮތުން ފުލުހުން ވަނީ އޭނާ ބޮންގޮއްވާލި މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި އެއަށްފަހު މާލެ ތެރޭގައި އޭނާއާއި މިކަމުގައި ބައިވެރިވާ މީހުންގެ އަމަލުތައް ހުރިގޮތް ދައްކާލާފައެވެ.

ހަމަލާ ދިން ވަގުތު އަތަމާ ޕެލެސްގެ އެތެރެއިން ހުރި ސީސީޓީވީ ފުޓޭޖެއް ފުލުހުން ޕްރެސްގައި ވަނީ ދައްކާފައެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުގައި ހަމަލާ ދިނުމުގެ ކުރިން އަތަމާ ޕެލެސް ހޮޓަލާ ގުޅިފައިވާ ގޯޅިގަނޑުގައި އަދުހަމް ފޯނުން ވާހަކަދައްކަން ހުންނަނީ ފާރުގައި އެއް ފައި ޖައްސާލައިގެން ކޮޅަށެވެ. އެ ވީޑިއޯއިން އަދުހަމްގެ އަތުގައި ރިމޯޓެއް ޒާތުގެ އެއްޗެއް އޮތްކަން ފެނެއެވެ. އަދި ބޮން ގޮއްވާލުމަށްފަހު ބޭރަށް ނުކުމެ ދުއްވައިގަންނަ ތަން ފެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން