މީޑިއާ ކައުންސިލްގެ މެންބަރުން
މީޑިއާ ކައުންސިލްގެ މެންބަރުން
ހުޅުމާލޭ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުގެރޭ ކަންތައްތަކެއް ހިނގަމުންދިޔައިރު އެޙާދިސާ ކަވަރު ކުރުމުގައި ބައެއް މީޑިއާތަކުން ޢަމަލުކުރިގޮތާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކުގެ އެޑިޓަރުންނަށް އިލްތިމާސެއް ކޮށްފިއެވެ.

އެމްއެމްސީން މިއަދު ފޮނުވާފައިވާ އިލްތިމާސްގައި ވަނީ, 17 ސެޕްޓެމްބަރު 2021 އިން ފެށިގެން ފިޔަވަތީގައި ހިނގަމުންދިޔަ ހާދިސާތައް ކަވަރު ކުރުމުގައި ނޫސްވެރިކަމުގެ އާންމު އަޚްލާގީ މިންގަނޑާ ޚިލާފު ބައެއް ކަންކަން ނޫސްވެރިންގެ ކިބައިން ފާހަގަކުރެވި، އެކަންކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ނަމަވެސް، ވަކި ވަކި ނޫސްވެރިންގެ ސުލޫކީ އަދި އަޚްލާގީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ، އެ ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭކަމަކަށްނުވާތީ، ކައުންސިލުން ނިންމާފައިވަނީ މީޑިއާތަކުގެ އެޑިޓަރުންގެ ސަމާލުކަމަށް މިކަންކަން ގެނެސް، މިކަންކަން އިސްލާހުކުރުމަށް އެޑިޓަރުންގެ ފަރާތުން ނޫސްވެރިންނަށް ބާރުއެޅުމަށް ދެންނެވުން ކަމަށް އެ ސިޓީގައި ވެއެވެ.

"އެހެންކަމުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަކީ އެކިއެކި ސަބަބުތަކާހުރެ ނަފްސާނީގޮތުން އަސަރުކޮށްފައިވާ، އަދި މުޅި މުޖުތަމައުގެ ޚާއްސަ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ، "ވަލްނަރަބަލް" ކުދިންކަމުގައިވީހިނދު، މީޑިއާތަކުން އެކުދިންގެ ޚަބަރުތައް ކަވަރު ކުރުމުގެ މަސައްކަތުގައްޔާއި، ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމުގައިވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ." މީޑިއާ ކައުންސިލްގެ ސިޓީގައިވެއެވެ.

މީގެ އިތުރުން، ފިޔަވަތި ހާދިސާއާ ގުޅޭ ޚަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް އެއްވެސް ކޮންޓެންޓެއް ޝާއިޢުކޮށްފައިވޭތޯ މޮނިޓަރކޮށް އެސެސްކުރުމުގެ މަސައްކަތް ކައުންސިލުން މިހާރުކުރަމުންގެންދާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން