ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު.
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ހަމަލާ ދިންކަމަށް ތުހުމަތުކުރާ ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުންގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް ޖަހާފައި ވާކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގައި އޭނާއަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމެއްގެ ދަށުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ.

ޖާބިރު މަތިވެރިއަށް ވަަޑައިގަތުުމުން އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ޖާބިރާއި ދެކޮޅަށް އަޑުއުފުލައި، އޭނާއަށް ހަމަލާ ދިނުމުން ވަޑައިގެން ހިމާޔަތް ހޯއްދެވީ އެރަށު ޕޮލިސް ސްޓޭޝަނުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާއަށް އެރަށުން މެހެމާންދާރީ އަދާކުރިކަމަށާއި، ނަމަވެސް ހަމަނުޖެހުން ހިންގީ ހަރުކަށި ފިކުރުގެ މީހުންކަމަށެވެ.

"މަތިވެރީގައި ތިބި އައިސިސް މީހުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. މިވަގުތު ރާއްޖޭގެ އެއްވެސް މީހަކު މަތިވެރިއަށް ދިއުން ރައްކާތެރިއެއް ނޫން. މަތިވެރިން ތަޅައިގަތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގައިގައި. މަތިވެރިއަކީ ވަރަށް ކުޑަކުޑަ އާބާދީއެއް އޮތް ރަށެއް. އެރަށުގައި ހުރި އެންމެ ބޮޑު މަހުޖަނަކީވެސް ޖާބިރު." ޖާބިރު ވިދާޅުވިއެވެ.

ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަތިވެރީ ރައްޔިތުންގެ ތެރެއިން ބަޔަކު ޖާބިރާއި ދެކޮޅަށް އަޑުއުފުލަން ނިކުތީ އޭނާ ގެސްޓްހައުސްއެއް ހަދާފައިވާ އެރަށުގެ ބިމަށް ކުލި ނުދައްކާ ކަމަށް ބުނެއެވެ. އެގޮތުން އެެރަށު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެބިމުގެ ކުލީގެ ގޮތުގައި ޖާބިރު 4.7 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށާއި، އަދި 2017 ވަނަ އަހަރުން ފެށިގެން އެބިމަށް ކުލި ނުދައްކާކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން