"އަަންތިމް: ދަ ފައިނަލް ޓްރުތު" މި ފިލްމުގެ އެންމެ ފުރަތަމަ ރިލީޒް ކުރި ޕޯސްޓަރ
"އަަންތިމް: ދަ ފައިނަލް ޓްރުތު" މި ފިލްމުގެ އެންމެ ފުރަތަމަ ރިލީޒް ކުރި ޕޯސްޓަރ
ހިންދުސްތާން ފިލްމީ ދުނިޔޭގެ އެންމެ ކުޅަދާނަ އެއް ފަންނާނު ކަމަށްވާ ސަލްމާން ޚާން އެންމެ ފަހުން ކުޅެފައިވާ ފިލްމު "އަަންތިމް: ދަ ފައިނަލް ޓްރުތު" ކުރިއަށް އޮތް ނޮވެމްބަރު މަހުގައި ނެރޭނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ފިލްމުގައި ސަލްމާން ޚާންގެ އިތުރުން މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ތަރި އާޔުޝް ޝަރްމާވެސް ހަރަކާތްތެރިވެފައިވެއެވެ.

މި ފިލްމާއި ބެހޭގޮތުން ފިލްމުގެ ޑިރެކްޓަަރ މަހޭޝް މަންޖްރޭކަރ ބުނީ މިއީ ބޮޑު ސްކްރީނުން ބަލާލަން ވަރަށް ހިތްގައިމު އެކްޝަން ފިލްމަކަށް ވެގެންދާނެ ކަމަށާއި، އޭނާ އުއްމީދު ކުރަނީ އަންނަ އޮކްޓޯބަރ މަހު ސިނަމާތައް ހުޅުވާލުމާއެކު ފިލްމް ރިލީޒް ކުރުމަށެވެ. އަދި މި ފިލްމު ރިލީޒް ކުރަން ގަސްތުކުރަނީ އިންޑިއާގައި ކުލަގަދަކޮށް ފާހަގަކުރާ ފެސްޓިވަލް "ދިވާލީ" އާ ދިމާކޮށްކަމަށްވެސް އޭނާ ބުނެފައިވާއިރު، އިންޑިއާގައި މި އަހަރު ދިވާލީ ފާހަގަކުރާނީ ނޮވެމްބަރު މަހުގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑާއި ގުޅިގެން ސިނަމާތައް ބަންދުކޮށްފައިވާތީ މަހޭޝް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ، ފިލްމު އުފައްދާ ފަރާތްތަކުން އާމްދަނީ ހޯދުމަށް ސިނަމާތަކަށް ބަރޯސާވާންޖެހޭ ކަމަށާއި، ރިލީޒްކުރާ ފިލްމުތައް ސިނަމާގައި ނޭޅުވުމުން، ސިނަމާތައް ހިންގާ ފަރާތްތަކަށާއި، ސިނަމާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

"އަަންތިމް: ދަ ފައިނަލް ޓްރުތު" މި ފިލްމުގައި ސަލްމާން ޚާން އަދާކުރަނީ ވަޒީފާއަށް ވަފާތެރި ފުލުސް އޮފިސަރެއްގެ މީހެއްގެ ރޯލެވެ. އާޔުޝްމަން ޝަރްމާ އަދާކުރަނީ މި ފިލްމުގެ "ވިލަން"ގެ ބައެވެ. އަދި މި ފިލްމު ބަލާލަން އެންމެ ސަޅިވާނީ ބޮޑު ސްކްރީނުންކަމަށް ޑިރެކަޓަރ ވަނީ ބުނެފައެވެ.

މީގެއިތުރުން، މި ފިލްމުގައި ސަލްމާނާއި އާޔުޝްމަން ކޮށްފައިވާ މަސައްކަތަކީ ފާހަގަކޮށްލެވޭހާ ފުރިހަމަ މަސަައްކަތެއްކަން ޑިރެކަޓަރ މަހޭޝް ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން