ރޯހިތް ޝެޓީ ޑިރެކްޓްކޮށްފަިވާ "ސޫރިޔަވަންޝީ" ފިލްމުގެ ޕޯސްޓަރެއް
ރޯހިތް ޝެޓީ ޑިރެކްޓްކޮށްފަިވާ "ސޫރިޔަވަންޝީ" ފިލްމުގެ ޕޯސްޓަރެއް
ކުރިއަށް އޮތް ދިވާލީގައި ފިލްމް "ސޫރިޔަވަންޝީ" ސިނަމާތަކަށް އަންނާނެ ކަމަށް ފިލްމުގެ ޑިރެކްޓަރ ރޯހިތު ޝެޓީ ބުނެފިއެވެ.

ރޯހިތު ޝެޓީ މިހެން ބުނެފައިވަނީ، މަހާރާޝްތުރާގެ ޗީފް މިނިސްޓަރ އުއްދަވް ތަކްރޭއާ ބައްދަލު ކުރުމަށް ފަހުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވެފައިވަނީ މަހާރަޝްތުރާގެ ސިނަމާތައް އަންނަ އޮކްޓޯބަރ މަހު 22 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި އެއާއެކު ފިލްމް "ސޫރިޔަވަންޝީ" ދިވާލީގައި ރިލީޒްކުރާނެ ކަމަށް ބުނެ ރޯިހތް ޝެޓީ ވަނީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް އެކަން ހާމަކޮށްފައެވެ.

މި ފިލްމުގެ ޓްރެއިލަރ މިދިޔަ އަހަރުގެ މާރޗް މަހު ނެރެފައިވާއިރު، މާރޗް 25 ވަނަ ދުވަހު މި ފިލްމު ސިނަމާތަކުގައި ދައްކަން ވަނީ ނިންމާފައެވެ. ނަމަވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވާންފެށުމާ އެކު ސިނަމާތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާތީ މި ފިލްމު ވަނީ ރިލީޒް ނުކުރެވިފައެވެ.

'

މި ފިލްމުގައި ހަރަކާތްތެރިވަނީ ބޮލީވުޑްގައި އޭރުވެސް އަދި މިހާރު ވެސް ފިޔަަޖަހަމުންދާ ދެ ތަރިންނެވެ. އެއީ އަކްޝޭ ކުމާރް އަދި ކެޓްރީނާ ކައިފެވެ. މި ފިލްމުގައި އަކްޝޭ އަދާ ކުރަނީ ޕޮލިސް އޮފިސަރެއްގެ މަޤާމެވެ. އަދި ކެޓްރީނާ އަކީ ލޯބީގެ ގޮތުން އަކްޝޭގެ ހިތް އަތުލާފައިވާ އޭނާގެ ލޯބިވެރިޔާއެވެ. މި ފިލްމުގައި މައިގަނޑުގޮތެއްގައި ދައްކައިދޭނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ މުމްބާއީއަށް ޓެރަރިސްޓް ހަމަލާތަކެއް ދޭތަނާއި، އެކަން ހުއްޓުވުމަށް ޕޮލިހުން ކުރާ މަސައްކަތެވެ.

"ސޫރިޔަވަންޝީ" އަކީ ރޯހިތް ޝެޓީ ޑައިރެކްޓް ކޮށްފައިވާ "ކޮޕް ޔުނިވަރސް" ކަލެކްޝަނަށް އިތުރުވާ ފިލްމެކެވެ. އެގޮތުން މި ފިލްމުގެ ކުރިން ރޯހިތު ޝެޓީ ވަނީ "ސިންގަމް"، އަދި "ސިމްބާ" ވެސް ޑައިރެކްޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން