"ޔެ ރިޝްތާ ކިޔާ ކެހެލާތާހޭ" އިން ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ ޖޯޑު، ކާރތިކާއި ނައިރާ އެ ސިލްސިލާއިން ވަކިވާން ނިންމައިފިއެވެ.
މިއީ ކާރަތިކާއި ނައިރާގެ ފޭނުންނަށް ހިތާމަވެރި ޚަބަރަކަށް ވާއިރު، މި ސިލްސިލާއާ ދެމީހުން ވަކިވުމުގެ ކުރިން، އެކީގައި އެންމެ ފަހު އެޕިސޯޑް ޝޫޓްކުރާނީ އޮކްޓޯބަރ މަހު 8 ވަނަ ދުވަހުކަމަށް ރިޕޯޓްތައް ބުނެއެވެ.
ފޭނުންގެ މެދުގައި މަޤުބޫލު، ބޮޑު ފޭންބޭސްއެއް އޮންނަ މި ޖޯޑަކީ ވަރަށް "ކެމިސްޓްރީ" ރަނގަޅު ޖޯޑެއްކަމަށްވެސް މި ސިލްސިލާ ގަވާއިދުން ބަަލަމުންދާ ފަރާތްތައް ދަނީ ބުނަމުންނެވެ.
ކާރތިކާއި ނައިރާގެ ވަކިވުމާއެކު މި ސިލްސިލާ ދެން ކުރިއަށް ދާނީ އައު ޕްލޮޓަކާއެކުގައެވެ. އެގޮތުން މި ޕްލޮޓްގައި ދެން ދައްކާނީ ކާރތިކާއި ނައިރާގެ ދަރިން ބޮޑުވެފައިވަނިކޮށްކަމަށް ރިޕޯޓްތަކުން ބުނެއެވެ.
"ޔެ ރިޝްތާ ކިޔާ ކެހެލާތާހޭ" ގެ ފުރަތަމަ އެޕިސޯޑް ނެރެފައިވަނީ 12 ޖެނުވަރީ 2009 ގައެވެ. އެގޮތުން މި ސިލްސިލާ އަކީ "ސްޓަރ ޕްލަސް" އިން ދައްކަމުންދާ ސިލްސިލާތަކުގެ ތެރެއިން މިހާތަނަށް މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ކުރިއަށްދާ ސިލްސިލާ ޑްރާމާއެވެ.

ކިޔުންތެރިންގެ ހިޔާލު