އަރްޖުން ބިޖްލާނީ
އަރްޖުން ބިޖްލާނީ
ކަތުރޯން ކީ ކިލާޅީ 11 ވަނަ ސީޒަން އަރްޖުން ބިޖްލާނީ ކާމިޔާބުކޮށްފިއެވެ.

ކަތުރޯން ކީ ކިލާޅީއަކީ ސްޓަންޓް ބޭސްޑް ރިއަލިޓީ ޝޯއެކެވެ. މި ޝޯގެ 11 ވަނަ ސީޒަން މި މަހުގެ 25 ވަނަ ދުވަހު ނިންމާލާފައިވާއިރު، މި ޝޯ އަކީ ގިނަ ބައެއްގެ ތެރޭގައި މަޤުބޫލު ޝޯއެކެވެ.

އެގޮތުން އަރްޖުން ބިޖްލާނީ މި ޝޯ ކާމިޔާބުކޮށްފައިވަނީ ދިވްޔަންކާ ޓްރިޕަތީއާއި ވިޝާލް އަދިތްޔާއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. ދިވްޔަންކާއާ އެންމެ 20 ސިކުންތުގެ ތަފާތަކުން އަރްޖުން މި ރޭސް ކާމިޔާބު ކުރީ ވަރަށް ވާދަވެރިކަމާ އެކުއެވެ. އަދި ޝޯގައި އަރްޖުން ދައްކައިދީފައިވާ ޕާފޯމަންސްއަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

މި ސީޒަންގެ ކާމިޔާބީއާއެކު އަރްޖުން ވަނީ ކަޓްރޯން ކީ ކިލާޅީގެ ތަށި އުފުލާލާފައެވެ. އަދި މިއާއެކު އަޒްޖުންއަށް ވަނީ 20 ލައްކަ ރުޕީސް އާއި ކާރެއްވެސް ލިބިފައެވެ.

ކަޓްރޯން ކީ ކިލާޅީ ޝޯ ވެގެންގޮސްފައި ވަނީ މިއަހަރުގެ އެންމެ މަޤުބޫލު ނޮން ފިކްޝަން ރިއަލިޓީ ޝޯއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން