ސ. ހުޅުދޫ / ކޯޒީކޯނަރ، އުމުރުން 33 އަހަރުގެ މޫސާ މަނިކު
ސ. ހުޅުދޫ / ކޯޒީކޯނަރ، އުމުރުން 33 އަހަރުގެ މޫސާ މަނިކު
މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މަކަރާ ޙީލަތުގެ މައްސަލައިގައި ހޯދަމުން ދަނީ، ސ. ހުޅުދޫ / ކޯޒީކޯނަރ، އުމުރުން 33 އަހަރުގެ މޫސާ މަނިކު ކަމަށެވެ.

މީނާއަކީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށާއި, އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މޫސާ މަނިކު ފުލުސް އޮފީހަށް ހާޒިރުވާން އަންގަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުންގެ އިއުލާނުގައި ވަނީ ބުނެފައެވެ. ނަމަވެސް މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން ބުނީ މޫސާ މަނިކު ހޯދަން އިއުލާން ކުރީ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ އުސޫލުގެ ދަށުން ކަމަށެޥެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން