ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ ޢަބްދުالله މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ ޢަބްދުالله މައުސޫމް
އައްޑު އަތޮޅުގައި ފަތުރުވެރިކަމުގެ ދުވަހަށް ބޭނުންވާ އުފާވެރިކަމެއް ނެތް ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ދުވަސް އައްޑޫ ސިޓީގައި ފާހަގަ ކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނިންމި ނިންމުން މިހާރުވަނީ ބަދަލު ކޮށްފައެވެ. ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ދުވަސް އައްޑޫގައި ފާހަގަކުރުމަށް ނިންމި ނިންމުން ބަދަލުކުރެއްވީ، ކޮވިޑް-19 އާ ހެދި ނޫން ކަމަށާއި، އެދުވަސް ފާހަގަ ކުރުމަށް ބޭނުންވާ އުފާވެރިކަން އެ ސިޓީގައި ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވުމާ ގުޅިގެން ކަމަށެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ނުކުރަން ނިންމާފައި ވާއިރު, ކޯވިޑް-19 އާ ގުޅިގެން އައްޑޫގައި އޮޕަރޭޓްކުރާ ދެ ރިސޯޓް ބަންދުކުރި ގޮތަށް އަދިވެސް އޮޕަރޭޝަނަށް ގެނަސްފައި ނުވާތީ އެކަމަށް ހައްލެއް ހޯދުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމާ ވަނީ ބައްދަލު ކޮށްފައެވެ.



އައްޑޫގެ ޝިޕްރެކަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވުމާއެކު، ދިވެހިންގެ ޖީބަށް ޑޮލަރު ވަތް ނަމަވެސް އޭގެ ބަދަލުގައި އައްޑޫ މީހުންގެ ޖީބަށް ވަންނާނީ ޕައުންޑު ކަމަށެވެ. އަދި އިނގިރޭސިން އައްޑޫގައި އުޅުނު އިރު އައްޑޫ އަކީ އިޤްތިޞާދީ ހަބަކަށް ބަދަލުވުމާ ގުޅިގެން އައްޑޫގެ އެތައް ބަޔަކު މުއްސަނދިވީ ވެސް ޕައުންޑުން ފެށި ވިޔަފާރިތަކަކުން ކަމަށް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ރައްޔިތުންގެ ޖީބަށް ޕައުންޑް ވަންނާނެކަމަށް މިނިސްޓަރ ވިދާޅުވީ ނަމަވެސް ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ އެރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މީގެ ކުރިން މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން