މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކަށް މިރޭ ފެނުގެ ޚިދުމަތް މެދުކެނޑޭނެކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީން ބުނެފިއެވެ.
އެމް.ޑަބްލިއު.އެސް.ސީއިން މިރޭ އާންމު ކޮށްފައިވާ ނޯޓިސްގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" ގެ ދަށުން މަސައްކަތް ކުރަމުންދާ ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް މިރޭ ކުރަމުންދާތީވެ މިރޭ 23:00 އިން ފަތިހު 03:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކަށް ފެނުގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ.
އެގޮތުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި ސަނދުބަރަކާ ގޯޅި އާއި ކަސްތޫރީ މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކަކާއި، އަމީރު އަހުމަދު މަގާއި ވައިލެޓް މަގާއި ދެމެދުން ސީސަންމަގާއި ދުނބުރި މަގުގައި ހުންނަ ހުރިހާ ގޭބީސީތައް ހިމެނެއެވެ.
ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ބައެއް މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ.

Due to a water network upgrading work in Male’, there will be a service interruption from 23:00Hrs (29th September 2021) to 03:00Hrs (30th September 2021), in the marked area.
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) September 29, 2021
We apologize for the inconvenience caused. pic.twitter.com/00UTVQ6YAP
އެގޮތުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި ސަނދުބަރަކާ ގޯޅި އާއި ކަސްތޫރީ މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކަކާއި، އަމީރު އަހުމަދު މަގާއި ވައިލެޓް މަގާއި ދެމެދުން ސީސަންމަގާއި ދުނބުރި މަގުގައި ހުންނަ ހުރިހާ ގޭބީސީތައް ހިމެނެއެވެ.
ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ބައެއް މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު