އައްޑޫ މެންބަރުން ތިބީ އައްޑުއަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ލިބުމުގެ ކުރިން ދޫދޭގޮތަށް ނޫންކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިމޭރުމުން ވިދާޅުވެފައިވަނީ, އައްޑޫގައި އޮތް ދެ ރިސޯޓު ބަންކޮށްފައިވާތީ އެ މައްސަލައަށް ޙައްލެއް ހޯދުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމާ ސުވާލު ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ސުވާލެއް ހުށައަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.
ނިހާދު ވިދާޅުވީ, އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުވާލެއް ކޮށްލުމަށް ފަހު ހުއްޓާ ނުލާނެކަމަށާއި, މަސައްކަތް ކާމިޔާބު ވަންދެން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމަށް ތިބީ އެކަތިގަނޑެއްގެ ގޮތުގައި ސާބިތުވެކަމަށެވެ. އެގޮތުން ރައްޔިތުންގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
"ރައްޔިތުންގެ ޙައްޤުގައި ކުރެވެން އޮތް ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން. ދަނީވެސް ކުރަމުން." ނިހާދު ވިދާޅުވެފައިވެއެވެ.
ނިހާދު އިތުރަށް ވިދާޅުވީ, އިދިކޮޅު ފަރާތްތަކުން ދަނީ އައްޑޫގައި ސަރުކާރުން ފަށާފައިވާ އަދި ފެށުމަށް ތައްޔާރުވަމުން އަންނަ މަސައްކަތްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި އެއީ ވަރަށް ދެރަކަމެއް ކަމަށާއި, އެފަދަ މަސައްކަތްތައް ހުއްޓާލުމަށް ނިހާދު ވަނީ އެ މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
އައްޑޫ ރިސޯޓުތައް ބަންދުކޮށްފައިވާ މައްސަލާގައި މިނިސްޓަރާއި ސުވާލުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާއިރު ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ އެރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.

Adhi alhugandumen mi thibee suvaal Eh kohlumah fahu ninmaalaa gothakah ves noon! Halleh hoadhumah kurevey masakkaih Kaamiyaab vandhen Masakkaih kurumah Eh team ehge gothugai! Rayyithun ge haggugai kureven oih konme kameh alhugandumen Kuraanan ~ Dhanee ves kuramun!
— Feydhoo Meehaa (Mohamed Nihad) (@nihad_m) September 30, 2021
ނިހާދު އިތުރަށް ވިދާޅުވީ, އިދިކޮޅު ފަރާތްތަކުން ދަނީ އައްޑޫގައި ސަރުކާރުން ފަށާފައިވާ އަދި ފެށުމަށް ތައްޔާރުވަމުން އަންނަ މަސައްކަތްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި އެއީ ވަރަށް ދެރަކަމެއް ކަމަށާއި, އެފަދަ މަސައްކަތްތައް ހުއްޓާލުމަށް ނިހާދު ވަނީ އެ މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
އައްޑޫ ރިސޯޓުތައް ބަންދުކޮށްފައިވާ މައްސަލާގައި މިނިސްޓަރާއި ސުވާލުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާއިރު ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ އެރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު