މަަޖިލީސް މެންބަރުންނަށް ރައްޔިތުން ފާޑުކިޔަނީ މާ "ބޮޑޭވާން" އުޅޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރަޙްމަތްތެރިންނަށް އެއަރޕޯޓްގެ ވީއައިޕީ ބޭނުންކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޢާއްމު ކޮމިޓީން ނިންމާފައިވާ ނިންމުމާ ގުޅިގެން, މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ, މަަޖިލީސް މެންބަރުންނަށް ރައްޔިތުން ފާޑުކިޔަނީ މާ "ބޮޑޭވާން" އުޅޭތީ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ, ޙަޤީޤީ އިއްޒަތްތެރިކަމަކީ ރިވެތި އަޚުލާޤު ކަމަށާއި, ކިއޫއެއްގައި މަޑުކޮށްލައިގެންހުރެ އަނެކާއަށް ފުރުސަތު ދިނުމަކީ ރީތި ސިފައެއް ކަމަށެވެ.
ވަޓްސްއެޕް ގްރޫޕްގައި މަޖިލީހުގެ ބައެއް މެންބަރުންވަނީ, ޢިއްޒަތްތެރިކަން މެންބަރުންނަށް ލިބިފައިވަނީ ހަމައެކަނި ނަމަކަށް ކަމަށް ވިދާޅުވެ ޝަކުވާ ކުރަށްވާފައެވެ. އަދި މަޖިލީހުގެ ވިސްނުން ހުރީ މެންބަރުން ނިކަމެތިވާގޮތަށް ކަންތައްތައް ކުރެއްވުމަށް ކަމަށް އެފަދަ މެންބަރުން ވަނީ ވިދާޅުވެފައެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންނަށް އެއަރޕޯޓްގެ ވީއައިޕީ ލައުންޖު ބޭނުންކުރުމުގެ ހިދުމަތާ ގުޅޭ ގޮތުން ސިއްރު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ މެންބަރުންނާއި މެންބަރުންގެ އާއިލާގެ އިތުރަށް އެ މެންބަރަކު އިޚުތިޔާރުކުރާ އިތުރު ދެ މީހަކަށްވެސް ލަައުންޖު ބޭނުންކުރެވޭނެ ކަމަށެވެ.
ކޮމިޓީގެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާގައި ވިދާޅުވީ އާންމު ކޮމިޓީން ނިންމި ނިންމުމަށް މަޖިލީހުގެ ރިޔާސަތުން ތާއީދުނުކުރާ ކަމަށެވެ. އަދި މި ނިންމުމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއްމު ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވަން ނިންމަވައިފައިވާކަމަށް ޒިޔާއު ވިދާޅުވިއެވެ.
މީގެ ކުރިން އޮންނަ އުސޫލުން މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެވެއެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.
އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ މަޖިލީހުގެ ޢާއްމު ކޮމިޓީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު, މި ކޮމެޓީގެ ނިންމުމަށް ތަޅުމުގައި ވޯޓަށް އަހާކަށް ނުޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު