ޔޫއެސް ނޭވީ ކެޕްޓަން ކާރލޮސް ސާރޑިއެލޯ
ޔޫއެސް ނޭވީ ކެޕްޓަން ކާރލޮސް ސާރޑިއެލޯ
ކޯވިޑް-19ގެ ސަބަބުން ގުއާމް ސިޓީގައި ބަނދަރުކޮށްފައިވާ އެމެރިކާގެ މަނަވަރެއްގައި ތިބި 5 މީހަކު ދެވަނަ ފަހަރަށް ވައިރަހަށް ފައްސިވުމުގެ ސަބަބުން އެމަނަވަރުން އެމީހުން ބޭރުކޮށް އެކަހެރިކޮށްފިއެވެ.



ޔޫއެސްއެސް ތިއެޑޯ ރުސްވޯލްޓްގައި ދެވަނަ ފަހަރަށް ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން ކުރިން ބަލި ޖެހި ރަނގަޅުވެފައިވާ މީހުން މުޖުތަމަޢުތެރެއަށް ނެރުން ރައްކާތެރިކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ފައްސިވި 5 މީހުންނަކީ މީގެ ކުރިން ކޮރޯނާއަށް ފައްސިވުމުގެ ސަބަބުން ދެހަފްތާއަށް އެކަހެރިކޮށްފައިވާ ފަސް މީހުންނެވެ. އަދި އޭގެ ފަހުން 2 ފަހަރަށް ވައިރަހަށް ޓެސްޓުކުރުމުންވެސް އެމީހުންގެ ނަތީޖާ ވަނީ ނައްސިވެފައެވެ. އަދި އެމީހުން މަނަވަރަށް އަލުން އެރީ ޓެސްޓުތަކުގެ ނަތީޖާ ލިބުނުތާ ދެދުވަސް ފަހުން ލިބުނު ހުއްދައާއެކުގައެވެ.

އެމެރިކާ ކަނޑުގެ ސިފައިންގެ މި މަނަވަރު ގުއާމްސިޓީގައި ބަނދަރުކުރީ މާރޗްމަހުގެ ފަހުކޮޅުގައެވެ. އެއީ ކޮރޯނާ ވައިރަސް އެސިޓީގައި ހަލުވިކަމާއެކު ފެތުރެން ފެށިފަހުންނެވެ. މަނަވަރުގައި ބަލި ފެތުރޭން ފެށުމުން 4،000 އަށްވުރެ ގިނަ މީހުން ވަނީ އެކަހެރި ވުމަށް މަނަވަރުން ފައިބާފައެވެ. ނަމަވެސް، މެއި މަސް ފެށުނުއިރު މީގެތެރެއިން ސަތޭކައެއްހާ މީހުންވަނީ މަނަވަރައް އެނބުރި އައިސް ފުރުމަށް ތައްޔާރުވާން ފަށައިފައެވެ.

ހުކުރުދުވަހު އެމެރިކާގެ ނޭވީއިން ނެރުނު ބަޔާނެއްގައިވާގޮތުން، މަނަވަރުގައި ތިބި މީހުންގެތެރެއިން، އިންފްލުއެންޒާގެ އަލާމާތްތައް ފެނުމުން 5 މީހުން އަމިއްލައަށް ރިޕޯޓުކޮށް ކުރުމުން އެ ވަގުތުންފެށިގެންވެސް މަނަވަރުގެތެރޭ ތިބި ތިބިތިބުމުގައި އެމީހުންނާއެކު އިޖްތިމާޢީ ދުރުމިނެއް ވަނީ ބަހައްޓާފައެވެ.

"މި ފަސް މީހުން ވަނީ އިންފްލުއެންޒާގެ އަލާމާތްތައް ފެނުމުގެ ސަބަބުން އަމިއްލައަށް ރިޕޯޓުކޮށްފައި، ރިޕޯޓްކުރުމާއެކު ވަގުތުން މަނަވަރުގެ މެޑިކަލްޓީމަށް އެންގުމަށްފަހު އަޅުގަނޑުމެން ވާނީ މި 5 މީހުންނާއި އަދި އެމީހުންގެ ކޮންޓެކްޓުން ވެސް ވަގުތުން މަނަވަރުން އެކަހެރިކޮށްފައި" ނޭވީން ނެރުނު ބަޔާނުގައި ވެއެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޖޯނަތަން ހޮފްމޭން ވިދާޅުވަނީ މި ފެތުރެމުންދާ ބަލިމަޑުކަމަކީ ލިބޭ ފިލާވަޅެއްކަމަށާއި މިއީ ދަސްކުރުމުގެ ވަގުތެއް ކަމަށެވެ.

"މިއީ ވަރަށް ގޮތްދޫނުކުރާ، އަވަހަށް ފެތުރޭ ބައްޔެއް" ޕެންޓަގަންގެ ތަރުޖަމާނު ޖޯނަތަން ހޮފްމޭން އެތަނުގެ ރިޕޯޓަރުންނަށް ހުކުރުދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލައް 2،900އަށް ވުރެ ގިނަމީހުން އަނބުރާ މަނަވަރަަށް އައި ނަމަވެސް ބިލިޖެހިގެން މަނަވަރުން ބޭރުކޮށް އެކަހެރިކުރި ހަތަރުހާހަށް ވުރެ ގިނަމީހުންގެ ތެރެއިން މުޅިން ރަނގަޅުވެފައިވާ ކަމަށް ކަށަވަރުވެފައިވަނީ 1،000 މީހުންނެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މަނަވަރުގެ ކޮމާންޑަރުންވަނީ ޓެސްޓް ކިޓްތަކުގެ ސައްޙަ ކަމާއި މެދު ސުވާލު އުފައްދާފައެވެ. އެގޮތުން، ނަންހާމަކުރަން ބޭނުންނުވާ އޮފިޝަލަކު ވިދާޅުވިގޮތުގައި ޓެސްޓުކުރުން ހަރުކަށިވެ، އިތުރުވެފައިވާކަމަށާއި ރޯގާގެ އަލާމާތްތައް ފެންނަ ހުރިހާ އެންމެން ވަނީ ޓެސްޓުކުރެވި މަނަވަރުން އެކަހެރިކުރެވިފައިކަމަށެވެ.

މަނަވަރުގެ މީހުން ޓެސްޓުކުރެވިފައިވަނީ ނޭސަލް ސްވެބް ބޭނުންކޮށްގެންނެވެ. މިގޮތަށް ކުރެވޭ ޓެސްޓްތަކުން އިންފެކްޝަން ކުޑަނަމަ އެޓެސްޓްއިން ރަނގަޅަށް ނަތީޖާ ނުދެއްކުމަކީ އެކަށީގެންވާކަމެކެވެ. މީގެ ސަބަބުން، ބަލި ދެވަނަ ފަހަރަށް ޖެހިފައިވާ ކަމަށް ނުވަތަ ބަލިން އެއްކޮށް ރަނގަޅު ނުވަނީ ކަމެއް ކަށަވަރެއްނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން