ފާއިތުވީ ދެއަހަރަށް ބަލާއިރު އަނިޔާވެރި ޢަމަލުތަކުގައި މަރުވާ މީހުންގެ އަދަދު މަދުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އިފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ މި މޭރުމުން ވިދާޅުވެފައިވާއިރު، ޒުވާނުންގެ މެދުގައި އޮންނަ "ގޭންގު" ތަކުގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ހޯމް މިނިސްޓަރު އިމްރާން އަަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނޮން ވަޔަލަންސް ޑޭ އާއި ގުޅިގެން ސީޕީ ޙަމީދު ވިދާޅުވީ ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތަށް ހުއްޓުވަން މިހާރަށްވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން އުފެދިފައިވާކަމަށެވެ.
ސީޕީ ޙަމީދު ވިދާޅުވީ، ފުލުހުންގެ ޤާބިލްކަމާއެކު ފާއިތުވި ދެ އަހަރު އެފަދަ އަނިޔާވެރި އަމަލުތައް މުޖުތަމަޢުގައި ހިންގާ މިންވަރު މަދުވެފައިވާކަމަށާއި، ޚާއްސަކޮށް އަނިޔާވެރި ޢަމަލުތަކުގައި މަރުވާ މީހުންގެ އަދަދު މަދުވެފައިވާކަމަށެވެ. ނަމަވެސް އަދިވެސް ވަރަށްގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ގޭންގުތަކުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ސަރުކާރުން އެމައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގައި ފަސްނުޖެހޭނެ ކަމަށާއި އެކަމުގެ ނަތީޖާ ނެރޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުންގެ މެދުގައި އުފެދިފައިވާ "ގޭންގު" ތަކުގެ މައްސަލަ ކަމަށެވެ. އެހެންކަމުން "ގޭންގު" ތަކުގެ މައްސަލައަށް ބޮޑު ހައްލެެއް ގެނައުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޒުވާނުންގެ ގޭންގުތަށް ކޮންޓްރޯލް ކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

On this international day of #nonviolence we commit to do more in our efforts to tackle violence, especially violence perpetrated by ‘crime groups’ that create fear on our streets and communities.
— Mohamed Hameed (@M_Hameedh) October 2, 2021
މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ގޭންގުތަކުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ސަރުކާރުން އެމައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގައި ފަސްނުޖެހޭނެ ކަމަށާއި އެކަމުގެ ނަތީޖާ ނެރޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުންގެ މެދުގައި އުފެދިފައިވާ "ގޭންގު" ތަކުގެ މައްސަލަ ކަމަށެވެ. އެހެންކަމުން "ގޭންގު" ތަކުގެ މައްސަލައަށް ބޮޑު ހައްލެެއް ގެނައުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޒުވާނުންގެ ގޭންގުތަށް ކޮންޓްރޯލް ކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު